March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ހަފްތާއެއް ވީއިރުވެސް ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް ރިކަވަރ ނުވޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 30, 2025, 08:16 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ރަސްމީ ޔޫޓިއުބު ޗެނަލް ހެކްކޮށް އޭގެފަހުން އެ ޗެނަލް ރިމޫވް ކުރިފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް އެ ޔޫޓިއުބު ޗެނަލް ރިކަވަރ ނުވާކަން ހާމަވެއްޖެއެވެ.

Advertisement

ގަވާއިދާ ޚިލާފުވެގެން ކަމަށް ބުނެ ރާއްޖޭގެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް ރިމޫވްކޮށްފައިވަނީ މި މިހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ވީޑިއޯތައް ގެންނަމުން ދަނިކޮށް، ރައީސް އޮފިހުގެ ޔޫޓިއުބު ޗެނަލް ހެކުކޮށްފައިވާ ކަން ވެސް ހާމަވެފައިވެއެވެ. އެގޮތުން އެ ޗެނެލް ހެކްކޮށް އާންމުކުރީ ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯ ތަކެކެވެ. އެ ވީޑިއޯތައް ފެންނަ ސްކްރީން ޝޮޓުތަކެއް ބައެއް މީހުން ވަނީ ނަގައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އެ ޕްލެޓްފޯމުގައި އޭގެ ފަހުން ފެންނަންވެސް ނެތެވެ. އެގޮތުން އެ ލިންކަށް ވަނުމުން އަރަނީ މިހާރު އެ ޗެނަލް "އެވެއިލަބަލް" ނޫން ކަމަށެވެ.

އެ ދުވަހު ރައީސް އޮފީހުގެ އިސް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާއި ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް އޭގެ ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް ރިކަވަރ ނުވެއެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލުއާ ސުވާލުކޮށްލުމުން ވިދާޅުވީ އަދިވެސް ޔޫޓިއުބު ޗެނަލް ރިކަވަރ ނުވާ ކަމަށާ ދިމާވި މައްސަލަ ވިދާޅުވާން އެނގިވަޑައިގަންނަވާނީ ސައިބަރ ސެކިއުރިޓީ ބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށެވެ.

ރައީސް އޮފީހުގެ ޔޫޓިއުބް ރިކަވަރ ނުވިނަމަވެސް އެހެން ސޯޝަލް މީޑިއާ އެކައުންޓްތައް އެބަ ހިންގަމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved