March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

‎ޣައްޒާ ފްލޮޓީލާ ހުއްޓުވަން ސަހްޔޫނީންގެ ސިފައިން ނިކުމެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 1, 2025, 08:00 PM
މާލެ ސިޓީ

ސަހްޔޫނީން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް ބަނޑަށް ޖައްސާފައި އޮންނާތީ އެކަން ނިމުމަކަށް ގެނެސް އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަނޑުމަގުން ޣައްޒާއަށް ވަންނަން ދަތުރުކުރާ "ގްލޯބަލް ސުމޫދް ފްލޮޓީލާ" ގެ އުޅަނދުތަކުގެ ކައިރިއަށް ގޮތް ނޭނގޭ އުޅަނދުތަކެއް ރޭ ފަތިހު ކައިރިކޮށްފި ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ފްލޮޓީލާއިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ސަހްޔޫނީން ކޮންޓްރޯލްކުރާ، ޣައްޒާއިން ފެށިގެން 150 ނޯޓިކަލް މޭލުގެ ސަރަހައްދަށް އުޅަނދުތައް ކައިރިވުމާ އެކު، ގޮތް ނޭނގޭ އުޅަނދުތަކެއް ފްލޮޓީލާގެ އުޅަނދުތަކާ ކައިރިކުރި ކަމަށެވެ. އޭގެތެރެއިން ބައެއް އުޅަނދުތަކުގައި ނެވިގޭޝަން ލައިޓެއް ވެސް ނެތް ކަމަށާއި ޑްރޯންތައް ގިނައިން ފެންނަން ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.

ފަންސާހަކަށް އުޅަނދުގައި، 46 ގައުމަކުން 497 މީހަކު މި ދަތުރުގައި ބައިވެރިވަމުން އަންނައިރު އޭގެ ތެރޭގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންނާއި އެކި ދާއިރާތަކުގެ މަޝްހޫރު އެކްޓިވިސްޓުން ވެސް ހިމެނެ އެވެ.

ފްލޮޓީލާ މިހާރު އޮތް ހިސާބަކީ މީގެ ކުރިން ވެސް ފްލޮޓީލާއިން ކުރި ދަތުރުތައް ސަހްޔޫނީން ހުއްޓުވައި އުޅަނދުތަކާއި މީހުން ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބު ކަމަށް ވާއިރު ސަހްޔޫނީން މިހާރު ފަށާފައިވަނީ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ކަމަށް ވަނީ ބެލެވިފަ އެވެ. ސަހްޔޫނީ ސަރުކާރުން ބުނެފައިވަނީ ހަނގުރާމަ ކުރިއަށްދާއިރު ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވޭނެ ކަމަށާއި ޣައްޒާއަށް ވަންނަން ކުރާ މަސައްކަތް ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވާނެ ކަމަށެވެ.

ފްލޮޓީލާގެ ޓެލެގްރާމް ޗެނަލެއްގައި ބުނެފައިވާ ގޮތުގައި ސަހްޔޫނީނުން އުޅަނދުތައް ހުއްޓުވަން ތައްޔާރުވަމުންދާ ކަމަށް މިހާރު ބެލެވޭތީ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދަތުރުގެ ބައިވެރިން މިހާރު ގެންދަނީ އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved