March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ލޭކަރުނައިން ތެމިފައިވާ ހަނދާންތަކެއް: ބާސެލޯނާގެ މަގުތަކުން ހިންދު ރަޖަބްގެ ހަނދާންއާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 1, 2026, 10:36 PM
މާލެ ސިޓީ

ސްޕެއިންގެ ބާސެލޯނާގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން، ސަހްޔޫނީންގެ އަނިޔާވެރި ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ އުމުރުން އެންމެ 5 އަހަރުގެ ހިންދު ރަޖަބްގެ ހަނދާން އާކޮށް، އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޮޑު ހަރަކާތެއް ބާއްވައިފިއެވެ.

Advertisement

މި ހަރަކާތް ބާއްވާފައިވަނީ ހިންދު މަރާލިތާ ދެ އަހަރު ފުރުމާ ދިމާކޮށް، ބާސެލޯނާގެ މަގުތަކުގައެވެ. މި އެއްވުމުގެ ބައިވެރިން ވަނީ ހިންދު މަރާލި ގޮތުގެ ބިރުވެރިކަމާއި، އެ ކުއްޖާ އެންމެ ފަހު ވަގުތު އެހީއަށް އެދި ކުރި އާދޭސްތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ.

ޣައްޒާގައި ހިނގި މި ހިތްދަތި ހާދިސާގައި، ހިންދު ދަތުރުކުރަމުން ދިޔަ ކާރަށް ސަހްޔޫނީންގެ ސިފައިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ކާރުގައި ތިބި ހިންދުގެ ގާތްތިމާގެ ހުރިހާ އެންމެން އެ ވަގުތު ޝަހީދުވިއެވެ. ހިންދު އެކަނިމާ އެކަނި އެ ކާރުގެ ތެރޭގައި، އޭނާގެ އާއިލާގެ މެންބަރުންގެ ފުރާނަނެތް މަސްގަނޑުތަކުގެ މެދުގައި ތާށިވެފައި އިނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އޭނާ ސަލާމަތްވުމަށް އުންމީދުކޮށް، ގިނަ އިރުތަކެއް ވަންދެން ސަލާމަތްކޮށްދޭނެ ފަރާތްތަކަށް އިންތިޒާރުކުރިއެވެ. ނަމަވެސް، ސަހްޔޫނީ ސިފައިން ވަނީ އެ ކުއްޖާ ސަލާމަތްކުރަން ދިޔަ އެމްބިއުލާންސަށް ވެސް ހަމަލާދީ، އެމްބިއުލާންސްގައި ތިބި މީހުންނާއި ކުޑަކުޑަ ހިންދު ވަރަށް ރަހުމުކުޑަގޮތަކަށް ޝަހީދުކޮށްލާފައެވެ.

ބާސެލޯނާގައި ބޭއްވި މި ހަރަކާތުގެ ބައިވެރިން ބުނި ގޮތުގައި، ހިންދުގެ މަރަކީ ސަހްޔޫނީނުން ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުގެ ވަރުގަދަ ހެއްކެކެވެ. އަދި މިފަދަ ލާއިންސާނީ އަމަލުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އިންސާފު ހޯދައިދޭންޖެހޭނެ ކަމަށް އެ ފަރާތްތަކުން ގޮވާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved