theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވަޒީރު މުއްތަލިބު / -
ސިޔާސީ
އޮކްޓޫބަރު ފެށުނު އިރުވެސް ފްލެޓް ދޫކޮށް ނުނިމޭ!
Yana Shareef
ޔާނާ ޝަރީފް
01 އޮކްޓޯބަރު 2025

މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން 4000 ފްލެޓު ދޫކޮށް، އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ނަމަވެސް އޮކްޓޫބަރު ފެށުނުއިރުވެސް އެ މަސައްކަތް ނުނިމޭކަން ހާމަވެއްޖެއެވެ.

މިނިސްޓަރ މުއްތަލިބް މިފަދައިން ވިދާޅުވެފައިވަނީ 19 ޖޫން 2025 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ދުވަހު މިނިސްޓަރު މުއްތަލިބު ވިދާޅުވީ 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށައި، ސެޕްޓެންބަރު އަންނަންވާއިރަށް މީހުން ވައްދައި ނިންމައިލެވޭނެ ކަމަށް ގަބޫލު ކުރެވޭކަމަށް ވެސް މިނިސްޓަރ އެ ދުވަހު ވިދާޅުވެފައިވެއެވެ.

ނަމަވެސް 4000 ސޯޝަލް ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ފަށާފައިވަނީ 28 ސެޕްޓެންބަރު 2025 ގައެވެ. އަމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރަނީ 14 ވަނަ ޓަވަރުގެ ފްލެޓްތަކެވެ.

ފުރަތަމަ ފްލެޓްގެ ތަޅުދަނޑި ފްލެޓް ލިބުނު ފަރާތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ކަމަށެވެ.

ފްލެޓް ލިބުން ލަސްވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved