April 3, 2026
Advertisement
-
- / މިނިސްޓްރީ އޮފް ހައުސިން

ގެދޮރުވެރިކަމާ ބެހޭ ކަންކަން ސަރުކާރުން ބޭނުން ގޮތަކަށް މޮޑެމުން ދަނީ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 16, 2026, 03:31 AM
މާލެ ސިޓީ

މި ސަރުކާރުން ދަނީ ގެދޮރުވެރިކަމާ ބެހޭ ކަންކަން ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ހަދަމުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެ ރޭ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްވަަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މުހިއްމުކަމެއް ކަަމަށެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް ޝާމިލުވާ ގޮތަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ބޯހިޔާވަހިކަމުގެ ފަސޭހަކަން ނުވަތަ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ގާނޫނު އަސާސީއިން ވެސް ސަރުކާރުގެ މައްޗަށް ކެރިފޯރުންތެރިކަން ހުރި މިންވަރުން ލާޒިމްކުރާ ހައްގަކަށްވުމުން އެކަމަށް އިސްކަން ދޭން ޖެހޭކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ވަރަށް ގިނަ ފްލެޓު ދޫކޮށް އަދި ބޯހިޔަވަހިކަން ެންމެ ބޮޑު އާބާދީއަކަށް ކަށަވަރުކޮށްދިނުމުގެ މަސައކްަތްވެސް އެ ދައުރުގައި ފެށިގެންވެސް ދިޔަ ކަމަށެވެ.

ކަންކަން އެ މަގުން ހިނގާފައިއޮތް ޝަރުތު ހަމަވެ ފްެލެޓު ލިބުނު މީހުންވެސް މިޙާރު ލިސްޓުން ބޭރުކޮށް ގަނޑުބަނޑު ކުރަމުންދާކަމަށް ތުހުމަތު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެހުރިހާ މައުލޫމާތެއް ރައްކާކޮށްފައި ހުރި އިމާރާތް އަނދާ އަޅިއަށް ވުމުން އެއިން ކަމެއް ސާބިތުކުރެވޭނެ ކަމެއް ނެތް ކަމަށާ އެކަމުގެ ނާޖާއިޒް ފައިދާ ނަގާ މިހާރުގެ ގެދިރުވެރިކަމާ ބެހޭ ވަޒީރާ އަދި ސަރުކާރުން ވެސް ދަނި ބޭނުންގޮތަކަށް އެ ފުށްގަނޑު މޮޑެމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ބިން ހިއްކާފައިވަނީ ރައްޔިތުންނަށްޓަކައި ނަމަވެސް މި ސަރުކާރުންވެސް ވަނީ ކުރީ ސަރުކާރުންވެސް ކަންކުރި ގޮތަށް ގާތް މީހުންނަށް ފޮތި ފޮތި ޖަހާ ބަހާލާފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved