March 16, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

އެމްއެމްޕީއާރްސީގެ މައްސަލަ މި ސަރުކާރަށް ނުބެލޭނެ، އޭގައި އޮތީ މިމީހުންގެ ވާހަކަ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 3, 2025, 07:40 AM
މާލެ ސިޓީ

އެމްއެމްޕީއާރްސީގެ މައްސަލަ މި ސަރުކާރަށް ނުބެލޭނެ ކަމަށާއި އޭގައި އޮތީ މި ސަރުކާރުގެ ބޮޑުންގެ ވާހަކަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ކޮރަޕްޝަނާއި ވައްކަމުގެ މައުޟޫއަށް އަލިއަޅުވާލައްވައި މިރޭގެ ޕީއެންއެފް ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޭސީސީން އެ ފައިސާ ހޯދަން އުޅުނަސް އެ މައްސަލަ އޭސީސީއަށްވެސް ނުބެލޭނެ ކަމަށާއި މި މައްސަލައިގައި ވަނީ ސަރުކާރުގެ ވެރިން ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިފަހުންވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ހުރި މައްސަލަތައް ބެލުމަށް އެ އިދާރާއަށް އެއްވެސް ބާރެއް ނުދޭ ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މި ގައުމުގައި އިންސާފާއި އަދުލުވެރިކަން މުއިއްޒަށް ގާއިމުނުކުރެވޭނެ ކަމަށެވެ.

މި މައްސަލަ ކުރިއަށް ގެންދެވޭނީ އަނެއްކާވެސް އަދީބު ގެންނަވައިގެން ކަމަށް ބުނެ ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ރައީސް ޔާމީނަށް ނުހައްގު ހުކުމެއް އިއްވާ އެމަނިކުފާނުގެ ނަން ކިލަނބު ކުރެއްވުމަށް ބޮޑެތި ތުހުމަތުތައް އެމަނިކުފާނުގެ ބޮލުުގައި އަޅުވާފައެވެ.

ނަމަވެސް މި ފަހުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ "އަދީބްފައިލްސް" އިން ވައްކަމާއި ކޮރަޕްޝަންގެ ހާލީގައި އުދުއްސަމުން އުޅެނީ ކޮން ބަޔެއްކަން ވަރަށް ބޮޑަށް ރައްޔިތުންނަށް ސާފުވެގެން ވަނީ ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved