March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބަޔަކު އެއްވުމެއް ބާއްވަން އުޅޭ އިރަށް ސަރުކާރުން ޑިފެންސަށް ކުޅެންޖެހޭ ސަބަބެއް ނުވިސްނޭ:އައްބާސް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 3, 2025, 07:48 PM
މާލެ ސިޓީ

ބަޔަކު އެއްވުމެއް ބާއްވަން އުޅޭ އިރަށް ސަރުކާރުން ޑިފެންސަށް ކުޅެންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ނ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އޮކްޓޯބަރު 03 ދުވަހު އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން ބާއްވާ ބޮޑު މުޒާހަރާއާއި ގުޅިގެން ނުވަތަ ބަޔަކު އެއްވުމެއް ބާއްވަން އުޅޭ ކޮންމެ ފަހަރަކު މި ސަރުކާރުން ފަޔަށް ހިނިއަރާ ވާނުވާ ނޭގިގެން އުޅެން ނުޖެހޭ ކަމަށާއި މުޅި ދައުލަތް ޑިފެންސަށް ކުޅެން ޖެހޭހާ ބަލިކަށީތޯ އައްބާސްވަނީ ސުވާލުކޮށްފައެވެ.

މި މުޒާހަރާއާއި ގުޅިގެން ދިވެހި ސިފައިންނާއި ފުލުހުން އޮޕަރޭޝަން ހާލަތަށް ތައްޔާރުވެ ސަރުކާރުގެ އެހެނިހެން އިދާރާތަކާއި މުއައްސަސާތަކުގެ މީހުން މުޒާހަރާގައި ބައިވެރިނުކުރެވުމަށް ގިނަ އިވެންޓްތަކެއް މިއަދާއި މިރެއަށް ރާވާފައިވާކަން ފާހަގަކުރެވެއެވެ.

މިކަންކަމުން ހާމަވެގެންދަނީ ސަރުކާރުން ނުވަތަ ރައީސް މުއިއްޒު މުއައްސަސާތަކުގެ ވެރިންނަށް އިތުބާރު ނުކުރައްވާ ކަން ކަމަށާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޝައްކު ކުރައްވާ ކަން ކަމުގައި އައްބާސް ފާހަގަކުރެއްވިއެވެ.

އައްބާސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބުނީ ޝައްކު ބައްޔަކީ ވަރަށް ގޯސް ބައްޔެއް ކަމަށާއި ޝައްކު ބަލި ޖެހޭނީ ހިސާބައްވުރެ ގިނައިން ދޮގު ބުނެވެން ފެށީމައިކަމަށް ބުނެ އައްބާސް ވަނީ މިއަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved