April 29, 2026
Advertisement
ކުރަނޑި ކޭހަކުން 100 ރުފިޔާ އަގު ހެޔޮކޮށްފި
ކުރަނޑި ކޭހަކުން 100 ރުފިޔާ އަގު ހެޔޮކޮށްފި / ސޯޝަލް މީޑިއާ

ކުރަނޑި ކޭހަކުން 100 ރުފިޔާ އަގު ހެޔޮކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 3, 2025, 08:09 PM
މާލެ ސިޓީ

ކުކުޅު ފިހާރައިން ވިއްކާ ކުރަނޑި ކޭހުގެ އަގު ހެޔޮކޮށްފިއެވެ.

Advertisement

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކުރިން 590ރ. އަށް ވިއްކަމުން ދިޔަ 400ގ. 24 ޕެކެޓް ހިމެނޭ ކުކުޅު ކުރަނޑި ކޭހެއް މިހާރު 490ރ. އަށް ލިބިގެންދާނެ ކަމަށެވެ. އެއާއެކު ކުރަނޑި ކޭހަކުން 100ރ. އަގު ހެޔޮވެފައިވާ ކަމަށް ވެސް މާޝިތާ ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމަރުންނަށް އަބަދުވެސް ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދެމުން އަންނަ ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅާއި (ކޮށާފައި އަދި ނުކޮށާ)، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް އަގު ހެޔޮކޮށް ލިބެން ހުރެއެވެ.

ކުކުޅު ފިހާރައިން ތައާރަފް ކުރާ އާ ޕްރޮޑަކްޓްތަކުގެ އިތުރުން އާ ޕްރޮމޯޝަންތައް ފޭސްބުކް ޕޭޖް މެރުވެރިކޮށް އެނގޭނެއެވެ. އަދި 9986575 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ކުކުޅު ފިހަރައިން ހޯލް ސޭލްކޮށްވެސް ތަކެތި ވިއްކައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved