theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމްޑީޕީގެ އެއްވުން އޮއްވާ، މާލޭގެ ސަރަހައްދުތަކެއް ފުލުހުން ބަންދު ކުރަނީ! / ޕޮލިސް މީޑިޔާ
ހަބަރު
އެމްޑީޕީގެ އެއްވުން އޮއްވާ، މާލޭގެ ސަރަހައްދުތަކެއް ފުލުހުން ބަންދު ކުރަނީ!
03 އޮކްޓޯބަރު 2025
މާލެ ސިޓީ

އެމްޑީޕީ ބޮޑު އެއްވުމެއް ރާވާ އިއުލާންކޮށްފައިވަނިކޮށް، މާލޭގެ ސަރަހައްދުތަކެއް ބަންދުކުރާނެކަމށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.

އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދޭ ކަމަށާ އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޕޮލިސް އިން އެކްސްގައި ކުރި ޕޯސްޓުގެ ސްކްރީން ޝޮޓެއް

ފުލުހުންގެ މިފަދަ އޮޕަރޭޝަނެއް ފަށާފައި މިވަނީ، އެމްޑީޕީ އިން މިރޭ ބޮޑު އެއްވުމެއް ބާއްާނެކަން ދުރާލާ އިއުލާނުކޮށް ރާވާ ހިންގަން ނިންމާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

އެ އެއްވުމުގައި ބައިވެރިވުމަށް ގިނަ ރައްޔިތުންތަކެއް މާލެ ދަތުރުކުރަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved