
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ދިވެހި ފިރިހެނަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 13:01 ހާއިރުއެވެ. މަރުވެފައި އޮއްވައި ފެނުނީ މާފަންނު ދަކަންދާމަގުގައި ހުންނަ ގެއަކުން، ސ. ހުޅުދޫ، ތޯތާޕަރީ، މުހައްމަދު ނިޒާރު (54އ) އެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ނިޒާރު މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ކުރި ތަހުގީގުން ފާހަގަވެފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.










