
އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 2:00 އެހައިކަންހާއިރު ކަމަށާ ރޯވި އަލިފާން މިހާރު ނިއްވާލާފައިވަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފަވާ ކަމަށާ މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން ބުނީ މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރަކު ހިމެނޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.










