March 16, 2026
Advertisement
ހެޑް އޮފް މާލެ ޕޮލިސްގެ މަގާމަށް އަބްދުﷲ ޝަރީފު ވަނީ އައްޔަންކުރައްވާފައި
ހެޑް އޮފް މާލެ ޕޮލިސްގެ މަގާމަށް އަބްދުﷲ ޝަރީފު ވަނީ އައްޔަންކުރައްވާފައި / ޕޮލިސް މީޑިޔާ

ފުލުހުންގެ މާލޭ އޭރިއާގެ ކޮމާންޑަރ ބަދަލުކޮށްފި

Oct 4, 2025, 12:03 AM
މާލެ ސިޓީ

މާލޭ އޭރިއާގެ ފުލުހުންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ބޭފުޅާ ބަދަލުކޮށްފިއެވެ.

Advertisement

މިސް މީޑިޔާގައި ދައުރުވަމުންދާ ހެޑްލައިންތަކަކާ ގުޅިގެން ފުލުހުންގެ މީޑިޔާއާ ޗެނަލް13 އިން ސުވާލުކުރުމުން ފުލުހުންގެ މީޑިޔާއިން ވިދާޅުވީ، އެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާސިމް އަބްދުاللهގެ ބަދަލުގައި ހެޑް އޮފް މާލެ ޕޮލިސްގެ މަގާމަށް، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަގާމުގައި ހުންނެވި އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފު (ޝަރީފު ސަރ) އައްޔަންކުރައްވާފައިވާ ކަމަށެވެ.

އެ ބަދަލު ގެނެސްފައިވަނީ، ފުލުހުންގެ އިދާރީ ހިންގުމުގެ ތެރެއިން ބަހާތަކަށް ގެންނަ ބަދަލުތައް އަބަދުވެސް ގެންނަމުންދާ ކަމަށާ އެގޮތުން ޝަރީފު ސަރ އެ މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިސަރ ވިދާޅުވެފައިވެއެވެ.

މިފަދަ ބަދަލެއް ކުއްލިއަކަށް ގެނެސްފައި މިވަނީ މިރޭ އެމްޑީޕީގެ ރެލީއެއް ބާއްވަން ނިންމާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved