March 16, 2026
Advertisement
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ / ޕޮލިސް

‎އއ.އުކުޅަހުގައި މަސައްކަތްކުރާ ފުލުހެއް މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ސާމްޕަލް ނަގަން މާލެ ގެނެއްސި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 4, 2025, 05:09 AM
މާލެ ސިޓީ

އއ.އުކުޅަހުގައި މަސައްކަތްކުރާ ފުލުހެއް މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ސާމްޕަލް ނަގަން މާލެއަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

މި ފުލުހަކީ މަސްތުވާތަކެތި ބޭނުންކޮށް އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ގާތް ގުޅުން އޮންނަ މީހެއް ކަމަށް އެ ރަށުން "ތޭރަ އޮންލައިން" އަށް މައުލޫމާތު ދީފައިވެއެވެ.

އިތުބާރު ހިފެހެއްޓެން ޖެހޭ މަގާމެއްގައި ހުރި މީހެއްގެ މިފަދަ މައްސަލައިގެ ވާހަކަ އެކިފަހަރު މަތިން ރިޕޯޓްކޮށްފައިވީނަމަވެސް އިންޗާޖްގެ މަގާމުން ޕެޓްރޯލްމެން އަކަށް ބަދަލު ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައިނުވާކަމަށްވެސްވެއެވެ.

ދިވެހި ފުލުހުންނަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ތިބި ބަޔަކަށް ވީ ހިނދު ފުލުހުންގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ފެނިގެން ދިޔުމަކީ ހިތާމަހުރި ކަމެކެވެ.

އަދި މިފަދަ ކަންކަން ހިނގާކަން އެގިތިބެ ދިޔަވަޅު ނާޅާ މުޖުތަމައު ނުރައްކަލަށް ހުށަހެޅުމަކީވެސް ފުލުހުންގެ އިދާރާގެ އިތުރުން ސަރުކާރުގެ ބޮޑު ފެއިލިއާއެކެވެ.

އިތުރު ތަފްސީލް އަންނަނީ….

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved