March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

‎އާންމުން އެމީހުންގެ ގެތަކަށް ވަނުންވެސް ރޭ މުޒާހަރާގައި މަނާކުރި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 4, 2025, 04:37 PM
މާލެ ސިޓީ

އިދިކޮޅު އެމްޑީޕީ އިން ވެރި ރަށް މާލޭގައި މިވަގުތު ކުރަމުންދާ ބޮޑު މުޒާހަރާގައި އާންމު ފަރާތްތަކުން އެމީހުންގެ ގެތަކަށް ވަނުންވެސް ފުލުހުން މަނާކުރަން ފެށިކަމަށް މައުލޫމާތު ލިބިފައިވިއެވެ.

Advertisement

އާޓިފިޝަލް ބީޗުގައި ފެށި މުޒާހަރާ ވަނީ މަޖީދީ މަގަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ފުލުހުން ދިޔައީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާ ބައިވެރިވާ މީހުން އަނިޔާވެރިކަމާއެކު ހައްޔަރުވެސް ކުރަމުންނެވެ.

ސަރުކާރުން އަސާސީ ހައްގުތަކަށް އަރައިގަނެ ކޮރަޕްޝަންގެ އަމަލުތައް ހިންގާތީ އެމްޑީޕީން ބާއްވާ މުޒާހަރާ ފެށިއިރު އާޓިފިޝަލް ބީޗުގައި ތިބި މީހުންގެ އަދަދު 2500 އަށް ވުރެ ގިނަކަމަށް ފެންނަ މަންޒަރުތަކުން ހާމަވެއެވެ.

މުޒާހަރާ ކުރާ ސަރަހައްދުގައި ތިބި އާންމުންނާއި އަދި މުޒާހަރާއިން ބޭރަށް ނުކުންނަ ނޫސްވެރިންނަށްވެސް ފުލުހުން ހުރަސް އަޅަމުންދާއިރު އާންމުން ގޮތް ހުސްވެ ފުލުހުންގެ އަނިޔާވެރިކަމުގެ ޝިކާރައަށް އަންނަނީ ވަމުންނެވެ.

މިރޭގެ އެއްވުމަށް އެތައް ސަތޭކަ ބަޔަކު އެކި ރަށްރަށުން ވެސް މާލެއަށް ދަތުރު ކުރި އެވެ. ގިނަ މީހުން އެއްވާން މަސައްކަތް ކުރާތީ ސަރުކާރުން ދިޔައީ އެ ފުރުސަތު ހަނި ކުރަން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved