March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހުންނަށް ފިޔަވަޅު އަޅާނަން: ޕޮލިސް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 4, 2025, 04:35 PM
މާލެ ސިޓީ

އިދިކޮޅު އެމްޑީޕީން މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.

Advertisement

މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ޖަލްސާއަކުން ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނިކުމެފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެއީ ހުއްދަ ދީފައިނުވާ ސަރަހައްދެއް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފަ އެވެ.

އެ މުޒާހަރާ ކުރިއަށް ގެންދަން އެމްޑީޕީއަށް ހުއްދަ ދީފައިވަނީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. ނަމަވެސް އެމްޑީޕީގެ މަޖީދީމަގުން ކުރިއަށް ދާން ފުލުހުން ހުރަސް އެޅުމުން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތައް ހިނގައި، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ދީފައިވާ މަގުތައް ނޫން އެހެން މަގަކުން ދާން އުޅުމުން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިންޒާރު ވެސް ދީފައިވާނެ ކަމަށެވެ.

ނަމަވެސް އެކަމަށް އިޖާބަ ނުދީ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އަޅާފައިވާ ކަމަށެވެ.

މުޒާހަރާއާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved