theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފުލުހުން "ސޮނިކް ވެޕަން" ބޭނުންކުރި ކުރުންް: ގާނޫނީ ހަމަތަކަށް ނުފެތޭ! / ތޭރަގްރެފިކްސް
ހަބަރު
ފުލުހުން "ސޮނިކް ވެޕަން" ބޭނުންކުރި ކުރުންް: ގާނޫނީ ހަމަތަކަށް ނުފެތޭ!
04 އޮކްޓޯބަރު 2025
މާލެ ސިޓީ

މި ސަރުކާރުގެ ވައްކަމާ ކޮރަޕްޝަންއާ ދެކޮޅަށް އެމްީޕީއިން ބޭއްވި "ލޫޓުވައިފި" އެއްވުމުގައި ފުލުހުން "ސޮނިކް ވެޕަން" ބޭނުންކުރީ ގާނޫނީ ހަމަތަކަށް ނުފެތޭ ގޮތަށްކަން ހާމަވެއްޖެއެވެ.

ރޭ 08:30ގައި އެމްޑީޕީ އާޓީފިޝަލް ބީޗުގައި ބޭއްވި އެއްވުން ހިނގާލުމަކަށް ބަދަލުކޮށް އެމްޑީޕީގެ ބައިވެރިން ބޭނުންވީ މަޖީދީ މަގުން ހިނގުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެމްޑީޕީގެ ހިނގާލުން އަމީނީ މަގުން ކުރިއަށް ގެންދިއުމަށް ކުރިން ހުއްދަ ދެވިފައިވާނެ ކަމަށާ ހުއްދައާ އެއްގޮަށް އެމްޑީޕީއިން އަމަލުނުކުރުމުން ފުލުހުން ހިނގާލުމަށް ހުރަސް އެޅީ ކަމަށެވެ.

އެއާއެކު ފުލުހުންނާ ހިނގާލުމުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ މުޅި ސަރަހައްދު ހަލަބޮލިވެގެން ދިޔައެވެ. އެއާއެކު ތަން ކޮންޓްރޯލުކުރުމަށް ކަމަށް ބުނެ ކުރިން އިންޒާރު ދިނުމަކާ ނުލާ، ޕެޕަރ ސްޕްރޭ ފަދަ އާލަތްތައް ފުލުހުން ބޭނުންކުރުމުން ވެސް މުޒާހަރާގެ ބައިވެރިން ތަން ދޫކޮށް ނުގޮސް، ދޫ ނުދީ މަޖީދީ މަގާ ބޮޑު ތަކުރުފާނު މަގާ ގުޅޭ ކަންމަތި އެއްކޮށް ފުރާލާ އަޑު އުފުލަމުން ދިއުމާ އެކު ފުލުހުން ވަނީ ގަޑިން 11:00 ހާކަން އިރު، މީގެ ކުރިން މުޒާހަރާތަކުގައި އެނައުންސްމެންޓު ދިނުމަށް އެލާޓެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އާލާތެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.

އެގޮތުން، ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީގެ އަޑު، ފަހަރަކަށްވުރެ ފަހަރެއް ހަރުކުރަމުން ދިޔައިރު އެއީ ފުލުހުންނަށް މުޒާހަރާތަކުގައި ބޭނުންކުރުމުގެ ހުއްދަވެސް ލިބިފައި އޮންނަ ހަތިޔާރެއްތޯ ނުވަތަ އާލާތެއް ތޯ ބަލާއިރު މިހާތަނަށް ބެލި ބެލުމުން އެއީ ފުލުހުންނަށް މުޒާހަރާތަކުގައި ބޭނުންކުރުމުގެ ހުއްދަ އޮތް އާލާތެއް ނޫންކަމަށްވެއެވެ.

ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އޭގެ އަޑު، ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް ބާރެވެ.

ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެއެވެ.

ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ.

ފުލުހުން އެލްއާރުއޭޑީއޭ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބޭނުންކުރިއިރު ސަރަހައްދުގައި ހުރި ގެތަކުގެ މީހުންނަށްވެސް އުނދަގޫވެ ޝަކުވާ ސޯޝަލް މީޑިޔާގައި ބަންޑުންކޮށްލާފައިވެއެވެ. މީގެ އިތުރުން މުޒާހަރާ ކަވަރ ކުރަން ގޮސް ތިބި ނޫސްވެރިންނަށްވެސް އޭގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެލްއާރުއޭޑީއޭއިން ދުރަށް ފޮނުވާ އަޑުގެ ސަބަބުން އިންސާނާގެ އިވުމުގެ ހިއްސު ދާއިމަށް ހަލާކުވެ އަދި މޭ ނުބައި ކުރުމާ ކަންފަތުގެ ރިއްސުން ފަދަ ސިއްހީ ބޮޑެތި މައްސަލަަތައް އިންސާނުން ކުރިމަތިކުރުވާކަން ސިއްހީ ދިރާސާތަކުން ދައްކައެވެ.

މިއީ މިފަހަކަށް އައިސް ހައްދު ފަހަނައަޅާފައިވާ ޒަޔަނިސްޓޫ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ވެސް ބޭނުންކުރަމުން އަންނަ ހަތިޔާރެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved