
އެމްޑީޕީއިން އިސްނަގައިގެން ރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ކުރިއށް ގެންދަން މަސައްކަތްކުރި ލޫޓުވާލައިފި މުޒާހަރާއިން ބަންދުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެގޮތުން ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި، އަނެއް ހަތް މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުލުހުން އެދުނު ގޮތަށް ވަނީ މުއްދަތު ޖަހައިދީފައެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހުއާ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ވެސް ހިމެނެއެވެ.
ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.
ހައްޔަރުކުރި މީހުން
ރޭގެ މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެވަނީ ހަލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައެވެ.










