

އެމްޑީޕީއިން ބޭއްވި "ލޫޓުވާލައިފި" އެއްވުމުގެ ތެރެއިން "ސޮނިކު ވެޕަން" ބޭނުންކުރި ކުރުން ފުލުހުން ދިފާއުކޮށްފިއެވެ.
ރޭ 08:30ގައި އެމްޑީޕީ އާޓީފިޝަލް ބީޗުގައި ބޭއްވި އެއްވުން ހިނގާލުމަކަށް ބަދަލުކޮށް އެމްޑީޕީގެ ބައިވެރިން ބޭނުންވީ މަޖީދީ މަގުން ހިނގުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެމްޑީޕީގެ ހިނގާލުން އަމީނީ މަގުން ކުރިއަށް ގެންދިއުމަށް ކުރިން ހުއްދަ ދެވިފައިވާނެ ކަމަށާ ހުއްދައާ އެއްގޮަށް އެމްޑީޕީއިން އަމަލުނުކުރުމުން ފުލުހުން ހިނގާލުމަށް ހުރަސް އެޅީ ކަމަށެވެ.
އެއާއެކު ފުލުހުންނާ ހިނގާލުމުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ މުޅި ސަރަހައްދު ހަލަބޮލިވެގެން ދިޔައެވެ. އެއާއެކު ތަން ކޮންޓްރޯލުކުރުމަށް ކަމަށް ބުނެ ކުރިން އިންޒާރު ދިނުމަކާ ނުލާ، ޕެޕަރ ސްޕްރޭ ފަދަ އާލަތްތައް ފުލުހުން ބޭނުންކުރުމުން ވެސް މުޒާހަރާގެ ބައިވެރިން ތަން ދޫކޮށް ނުގޮސް، ދޫ ނުދީ މަޖީދީ މަގާ ބޮޑު ތަކުރުފާނު މަގާ ގުޅޭ ކަންމަތި އެއްކޮށް ފުރާލާ އަޑު އުފުލަމުން ދިއުމާ އެކު ފުލުހުން ވަނީ ގަޑިން 11:00 ހާކަން އިރު، މީގެ ކުރިން މުޒާހަރާތަކުގައި އެނައުންސްމެންޓު ދިނުމަށް އެލާޓެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އާލާތެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.
އެގޮތުން، ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީގެ އަޑު، ފަހަރަކަށްވުރެ ފަހަރެއް ހަރުކުރަމުން ދިޔައިރު އެއީ ފުލުހުންނަށް މުޒާހަރާތަކުގައި ބޭނުންކުރުމުގެ ހުއްދަވެސް ލިބިފައި އޮންނަ ހަތިޔާރެއްތޯ ނުވަތަ އާލާތެއް ތޯ ބަލާއިރު މިހާތަނަށް ބެލި ބެލުމުން އެއީ ފުލުހުންނަށް މުޒާހަރާތަކުގައި ބޭނުންކުރުމުގެ ހުއްދަ އޮތް އާލާތެއް ނޫންކަމަށްވެއެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ފުލުހުން ވަނީ ދިފާއަށް ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެއްވުމުގެ ބައިވެރިން ގާނޫނާ ހިލާފު އަމަލު ހިންގާފައިވާ ކަމަށެވެ.
ސުލްހަވެރި އެއްވުމުގެ ސިފަ އެ މުޒާހަރާއިން ގެއްލުމުން ގާނޫނީ އިންޒާރު ދިނުމަށް ފަހު ރޫޅާލަން މަސައްކަތް ކުރީ "ކެތްތެރިކަމާއެކު" ކަމަށް ފުލުހުން ބުނެފައިއެވެ. އަދި ބާރުގޭ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާއެކު ކަމަށް ބުނެ ފުލުހުން ދިފާއުވެފައިވެއެވެ.
#MPSPressStatement: 171-A(C1)/PS/2025/19 - Regarding the gathering organized by the Maldivian Democratic Party (MDP) in Malé on the night of October 3, 2025.
— Maldives Police (@PoliceMv) October 4, 2025
Dhivehi: https://t.co/13U3KjJqXZ
English: https://t.co/d9zZUju0cj#MPSNoosBayaan pic.twitter.com/qE0NmX9Ukc
ނަމަވެސް ފުލުހުންގެ މި ބަޔާނުގައި ތެދު މައުލޫމާތަށް ވުރެ ގިނައީ ދޮގު މައުލޫމާތުކަން ތަނުގައި މުޒާހަރާ ކަވަރަ ކުރަމުން ދިޔަ ނޫސްވެރިންނާ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންވެސް ހެކިވާނެއެވެ.
ފުލުހުން އެލްއާރުއޭޑީއޭ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބޭނުންކުރިއިރު ސަރަހައްދުގައި ހުރި ގެތަކުގެ މީހުންނަށްވެސް އުނދަގޫވެ ޝަކުވާ ސޯޝަލް މީޑިޔާގައި ބަންޑުންކޮށްލާފައިވެއެވެ. މީގެ އިތުރުން މުޒާހަރާ ކަވަރ ކުރަން ގޮސް ތިބި ނޫސްވެރިންނަށްވެސް އޭގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެލްއާރުއޭޑީއޭއިން ދުރަށް ފޮނުވާ އަޑުގެ ސަބަބުން އިންސާނާގެ އިވުމުގެ ހިއްސު ދާއިމަށް ހަލާކުވެ އަދި މޭ ނުބައި ކުރުމާ ކަންފަތުގެ ރިއްސުން ފަދަ ސިއްހީ ބޮޑެތި މައްސަލަަތައް އިންސާނުން ކުރިމަތިކުރުވާކަން ސިއްހީ ދިރާސާތަކުން ދައްކައެވެ.
މިއީ މިފަހަކަށް އައިސް ހައްދު ފަހަނައަޅާފައިވާ ޒަޔަނިސްޓޫ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ވެސް ބޭނުންކުރަމުން އަންނަ ހަތިޔާރެއްކަން ފާހަގަކޮށްލެވެއެވެ.