March 16, 2026
Advertisement
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ / ޕޮލިސް

ތިނަދޫގައި ކުޑަކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާދެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 5, 2025, 06:17 PM
މާލެ ސިޓީ

ގދ. ތިނަދޫގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދޭން ފަށައިފިއެވެ.

Advertisement

ފުލުހުން ވިދާޅުވީ ތިނަދޫ ސިޓީ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ އިއްޔެ އިރުއޮއްސި 18:16 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި މަގު ހުރަސްކުރި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށާއި އެކްސިޑެންޓްވުމުން އޭނާ މަޑުނުކޮށް ދިޔަ ކަމަށެވެ.

އެ މައްސަލާ ގުޅިގެން ސައިކަލު ދުއްވި އުމުރުން 21 އަހަރު ދިވެހި ފިރިހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved