March 16, 2026
Advertisement
-
- / އަދަދު

މުޒާހަރާ ކުރި މީހުންނަށް އަނިޔާކޮށް މަރަން ގޮވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 5, 2025, 06:09 PM
މާލެ ސިޓީ

މިދިޔަ ހުކުރު ދުވަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމަށާއި އެމީހުންގެ ގަޔަށް ބަޑި ޖަހަން ގޮވާލާފިއެވެ.

Advertisement

މިފަދައިން ގޮވާލާފައިވަނީ ފޭސްބުކުގައި ޝުއައިބު އަލީ ނަމަކަށް ކިޔާ އެކައުންޓެއް ހިންގާ މީހެކެވެ. އޭނާއަކީ މި ސަރުކާރަށް ތާއީދު ކުރާ މީހެއްކަން އޭނާގެ ޕޯސްޓުތަކުން އެނގެ އެވެ.

އެމްޑީޕީގެ މެންބަރުން މެރުމަށާއި އެމީހުން އެކި ގޮތްގޮތަށް އަނިޔާ ކުރުމަށް ގޮވާލާފައި ހުރި ބައެއް މެސެޖުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވެސް ވަނީ އާންމުވެފައެވެ.

ޝުއައިބު އަލީ މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ މި މައްސަލަ ބަލަމުންދާ ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކަށް ލާއިންސާނީ އަދަބު ދިނުމަށް ގޮވައިލާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މިފަދަ މީހުންގެ ތެރޭގައި ސަރުކާރުގެ ފަރާތްތައް ހިމެނޭކަން ފާހަގަކުރެވެއެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ސީރިއަސްކޮށް ތަހުގީގު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved