March 16, 2026
Advertisement
-
- / ވޮއިސް.އެމްވީ

ފުލުހުންގެ ފޮޓޯ އާންމުކޮށް ނަފްތަރު އުފައްދާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނަން: ފުލުހުން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 7, 2025, 03:35 AM
މާލެ ސިޓީ

ފުލުހުންގެ ފޮޓޯ އާންމުކޮށް ނަފްތަރު އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

Advertisement

ފުލުހުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ މާލޭގައި، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލައި، ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގަން ފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ކުރުމުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާ ކަމަށެވެ.

-
-

ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭގޮތަށާއި އެއޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު އެ ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން މި ބަޔާން މިރޭ ނެރެފައިވާއިރު ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ މުޒާހަރާގައި ފުލުހުން ބޭނުންކުރި ތޫނު އަޑު އިއްވާ ޑިވައިސް ނުވަތަ އެލްރާޑް ހިފައިން ހުރި ފުލުސް އޮފިސަރުގެ ފޮޓޯ އާންމުކޮށް އެ ފުލުސް މީހާއަށާއި ފުލުސް މީހާގެ އާއިލާއަށް އިންޒާރުދީ ޕޯސްޓްތައް އާންމުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved