March 16, 2026
Advertisement
.
. / ޕޮލިސް

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓު ކުރުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 7, 2025, 09:58 PM

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓު ކުރިކަމުގެ ތުހުމަތުގައި، 6 އޮކްޓޫބަރު ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. އެތުމާ، ޢަލީ އަޝްރަފް (35އ)، ގދ. ވާދޫ/ ޕެރިސް، ލުހާން ސަޢީދު (41އ)، ވ. ރަކީދު/ ސިލްވަރ ސްޓާރ، ނާފިޢު ރަޝީދުގެ އިތުރުން ހ. ފިނިކުރި، އިބްރާހީމް ޝިނާން އަޙްމަދު (33އ) ކަމަށް ފުލުުހުން މައުލޫމާތު ދީފައިވެއެވެ.

މިއެންމެންވެސް ހައްޔަރުކޮށްފައިވަނީ، ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި، ފާސްކުރުމަށްފަހު ކަމަށާއި އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި، މިމީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެންމެންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އަނިޔާލިބިފައިވަނީ 17 އަހަރުގެ ދެ އަންހެންކުއްޖަކަށާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެންކުދިންނަށް ކަމަށެވެ.

މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ހަތަރު މީހުންވެސް ތިންދުވަހަށް ބަންދުކުރަން ހުކުމްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved