March 16, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

ގަމުގައި މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 05:09 PM

ލ. ގަމުގައި މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފިއެވެ.

Advertisement

ފުލުހުން މިއަދު ބުނީ ގަމުގައި ބައެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ ދަންވަރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެއީ 29 އަހަރުގެ ތިން ފިރިހެނުންނާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިހާރަަކަށް އައިސް ރާއްޖޭގައި މާރާމާރީގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި މިފަދަ އެތައް ކަމެއް ހިނގަމުން އަންނާތީ ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަންތައް ކުރިޔަށް ގެންގޮސް އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved