March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އޭޖީ އޮފީހުގެ ވެރިޔަކު ޑްރަގާ އެކު ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 8, 2025, 06:55 PM
މާލެ ސިޓީ

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

Advertisement

މި މައްސަލައިގައި ފައެނާއާއި އެކު އޭނާގެ ފިރިމީހާވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ ދެމަފިރިން ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި އެ މީހުން ދިރިއުޅޭ 'ރެއިންކްރެސްޓް' ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށެވެ. އަދި އެތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ފެނިފައިވެ އެވެ. އެވެ.

ނަމަވެސް މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތެއް ފުލުހުން އަދި ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

ފައެނާ،، 33، އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭނަ ފައެނާ އޭޖީ އޮފީހުގައި މަސައްކަތް ކުރަން ފެށީ 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފައެނާ ފައްޔާޒަކީ ރައީސް މުއިއްޒުގެ ސަރުކާރުން އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved