March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޝަރުތުތަކަކާއި އެކު ފައެނާ ދޫކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 8, 2025, 11:21 PM
މާލެ ސިޓީ

އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ޑްރަގް އޮޕަރޭޝަނެއްގައި، ރޭ ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކު، ފައިނާ ދޫކޮށްލައި އޭނާގެ ފިރިމީހާ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފި އެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހުޅުމާލޭގައި ރޭ ހިންގި ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ފިރިހެންމީހާ [އަޒްހާދު] އެ މައްސަލައިގެ ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އުމުރުން 33 އަހަރުގެ އަންހެންމީހާ [ފައެނާ] ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.

ފައެނާ އާއި އަޒްހާދު އުޅުނު އެޕާޓުމަންޓު ކޯޓު އަމުރެއްގެ ދަށުން ފާސްކުރިއިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންގެ އެޕާޓްމަންޓުން ކަމަށާއި އެ އެޕާޓްމަންޓެއް ފާސްކޮށް، އެ ދެ މީހުން ހައްޔަރުކޮށްގެން ގެންދިޔަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުންގެ އެޕާޓުމަންޓުގެ މޭޒުމަތިން ފެނުނީ 33 ގްރާމްގެ ޑައިމޯފިން އެވެ. އެއީ ޑްރަގް ޓްރެފިކިން އަށް ފެތޭ މިންވަރު ކަމަށް ވާއިރު ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved