March 16, 2026
Advertisement
.
. / ޕޮލިސް

މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 10, 2025, 01:11 AM

މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުން ކޮށްގެން އެ މީހާއަށް ބިރުދައްކައި ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފި އެވެ.

Advertisement

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު ޒަމީރު، 29، ސީރީންމަންޒިލް، ހއ. ފިއްލަދޫ އާއި ޝަހުމީން ރަޝީދު، 27، ހިތަށްފިނިވާގެ، ގދ. ނަޑެއްލާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިންމަންދެން ޝަހުމީން ރަޝީދު ބަންދުގައި ބެހެއްޓުމަށް އަދި މުހައްމަދު ޒަމީރު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު 1، ގެ ރޭ ހުޅުމާލޭގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި އެ މީހާ ބަރަހަނާކޮށް ފޮޓޯއާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރު ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުނެފައިވާއިރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved