March 19, 2026
Advertisement
.
. / އަލްޖަޒީރާ

ހަނގުރާމަ ހުއްޓާލުމަށް ހަމާސް އާއި ސަހްޔޫނީންނާ ދެމެދު އެއްބަސްވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Oct 10, 2025, 05:43 PM

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި ސަހްޔޫނިންނާ ދެމެދު އެއްބަސްވެއްޖެ އެވެ.

Advertisement

ހަމާސް އާއި ޔަހޫދީން ސުލްހަވުމަށް އެއްބަސްވުމާއެކު، މެދުއިރުމަތީގެ މަސްރަހުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

ހަމާސް އާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނީ މިސްރުގެ ރިސޯޓު ރަށެއް ކަމަށްވާ ޝަރްމް އަލް ޝައިޚުގައި މިހާރު ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކުގަ އެވެ. މިއީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.

ހަމާސް އާއި ޔަހޫދީންނާ ދެމެދު ސުލްހަ ގާއިމުކުރުމަށް ޓްރަމްޕް ވަނީ 20 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅުއްވާފަ އެވެ.

ދެ ފަރާތުން ވެސް މި ވަގުތަށް އެއްބަސްވެފައި ވަނީ ޓްރަމްޕްގެ ރޭވުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމަށެވެ. ޔަހޫދީންގެ ގަތުލުއާންމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އޮތީ ހޫނުވެފަ އެވެ. އަދި އޭގެ ތެރެއަށް އީރާނާއި ޔަމަން އަދި ލުބްނާނުން ވެސް ވަދެފައިވާއިރު މެދުއިރުމަތީގައި ޒަޔަނިސްޓުންގެ ދައުލަތް ވަނީ އެކަހެރިވެގެން ގޮސްފަ އެވެ.

ހަމާސް އާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައިވާކަމުގެ ހަބަރު ފެތުރެން ފެށުމާއެކު ޒަޔަނިސްޓު ދައުލަތުގެ އިތުރުން ޣައްޒާގެ ރައްޔިތުން ވެސް ވަނީ އުފާ ފާޅުކުރަން ފަށައިފަ އެވެ.

ދެ އަހަރަށް ދެމިގެން ގޮސްފައިވާ ގަތުލުއާންމު ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައި މި ވަނީ، ޣައްޒާގެ 67,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމަށް ފަހު އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved