March 16, 2026
Advertisement
-
- / އަދަދު

ފާޑުކިޔުންތައް ބޮޑުވެ ޝުއައިބުގެ މައްސަލަ ބަލަން ފުލުހުން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 11, 2025, 04:01 AM
މާލެ ސިޓީ

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމަށާއި އެމީހުންގެ ގަޔަށް ބަޑި ޖަހަން ގޮވައިލި ޝުއައިބު އަލީގެ މައްސަލައިގައި ފާޑުކިޔުންތައް ބޮޑުވެ މައްސަލަ ބަލަން ފުލުހުން ނިންމައިފިއެވެ.

Advertisement

ފުލުހުން ބުނެފައިވާ ގޮތުގައި ފޭސްބުކްގައި ޝުއައިބު ޖެހި ޕޯސްޓަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމުގެ އިތުރު ތަފުސީލެއް ފުލުހުން ދީފައިނުވެއެވެ.

ޝުއައިބު އަލީ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ބަޑި ވެސް ޖަހަންވީ ކަމަށެވެ.

އޭގެފަހުން އޭނާ ވަނީ ހަސަން ކުރުސީގެ ނަމުގައި އެކްސްގައި ހިންގަމުންދާ އެކައުންޓުގެ ވެރިއަކީ ކާކުކަން އެނގޭ ދުވަހު އެ މީހެއްގެ ބޯ ކަނޑާލާނެ ކަމަށް ބުނެ ވެސް އިންޒާރު ދީފަ އެވެ. އޭނާއަކީ ރައީސް މުހައްމަދު މުއިއްޒަށް ތާއީދު ކުރާ މީހެއްކަން އޭނާގެ ޕޯސްޓުތަކުން ހާމަވެއެވެ.

މަރުގެ އިންޒާރު ދިނުމަށްފަހު ޝުއައިބު ވަނީ އޭނާއަށް ގާނޫނީ ފިޔަވަޅު ނޭޅޭނެކަމަށް ބުނެ ގޮން ޖަހާފަ އެވެ. އެގޮތުން ފޭކު އެކައުންޓު ހިންގަނީ ކާކުކަން ނޭނގޭ ހިނދަކު، އެ އެކައުންޓަކަށް މަރުގެ އިންޒާރު ދިނަސް ފިޔަވަޅު ނޭޅޭނެ ކަމަށް ޝުއައިބު ލިޔެފައިވެ އެވެ.

ފުލުހުން ބަލަމުން ދަނީ އޭގެތެރެއިން ކޮން މައްސަލައެއް ކަމެއްސާފެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved