March 16, 2026
Advertisement
ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވޯޓު ލުން ކުރިޔަށް ދަނީ
ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވޯޓު ލުން ކުރިޔަށް ދަނީ / ގްލޯބަލް ޓައިމްސް

އައްޑޫގައި ވޯޓު ދޭ މީހުންގެ ރަޖިސްޓްރީ އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

Yana Shareef
ޔާނާ ޝަރީފް
Oct 12, 2025, 04:14 AM

އައްޑޫ ސިޓީ ކައުންސިލް އެކުލެވޭނެ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ވޯޓުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާއްމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، އެ ވޯޓުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ، މިއަދުން ފެށިގެން އެ ކޮމިޝަންގެ ވެބްސައިޓާއި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ އަވަށްތަކުގެ އޮފީސްތަކުގައި އާއްމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށީގެން މާދަމާ މެންދުރުފަހު 3:00 ގެ ނިޔަލަށް ކަމަށްވެސް ބުނެފައިވެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި، ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި އެ ކޮމިޝަންގެ އިދާާރާއިން ލިބެން ހުންނާނެ ކަމަށާއި، ޝަކުވާ ހުށަހަޅާނީ ކޮމިޝަންގެ އީމެއިލް އެޑްރެހަށް ފޮނުވައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވޭނެ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް 18 ވޯޓު ފޮށި، އައްްޑޫ ސިޓީގެ ތިން ރަށެއްގައި ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ މެދު އައްޑޫ ސިޓީ ހުޅުދޫއާއި މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހުގެ ހަ ވަނަ ދުވަހު ގަރާރެއް ނެރުއްވައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved