May 12, 2026
Advertisement
ޕާޓީތަކުގެ މައްޗަށް ބަސްބުނުމުގެ ބާރު އީސީއަށް އޮވެގެން ނުވާނެ: ރައީސް ޔާމީން
ޕާޓީތަކުގެ މައްޗަށް ބަސްބުނުމުގެ ބާރު އީސީއަށް އޮވެގެން ނުވާނެ: ރައީސް ޔާމީން / ތޭރަ އޮންލައިން

ޕާޓީތަކުގެ މައްޗަށް ބަސްބުނުމުގެ ބާރު އީސީއަށް އޮވެގެން ނުވާނެ: ރައީސް ޔާމީން

May 12, 2026, 06:06 PM
މާލެ ސިޓީ

ސިޔާސީ ޕާޓީތަކުގެ މައްޗަށް ބަސްބުނުމުގެ އެއްވެސް ބާރެއް އިލެކްޝަން ކޮމިޝަނަށް އޮވެގެން ނުވާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ މެދުކެނޑުމަކަށް ފަހު ޕީއެންއެފްގެ ޖަލްސާތައް ފެށުމަށް އާދިއްތަ ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގަައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މައިގަނޑު ދައުރަކީ ގައުމީ އިންތިޚާބުތައް އިންތިޒާމުކޮށް ބޭއްވުން ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އެ ކޮމިޝަންގެ ދައުރު ނިމުނީ ކަމަށެވެ. އެއީ އެމަނިކުފާނު އެކަން ގަބޫލުފުޅު ކުރައްވާ ގޮތް ކަން ހާމަކުރައްވާ، ސިޔާސީ ޕާޓީތަކުން ކުރާ އިހުތިޖާޖުތަކާއި ހަރަކާތްތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނެރޭ ސާކިއުލާ ތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މަނާ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ފަދަ ކަންކަމަކީ "އިލެކްޝަން މެޓަރ" އެއް ނޫން ކަމަށެވެ. އަދި އިހުތިޖާޖު ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގަކަށް ވާއިރު، އެކަމުގެ ތެރެއަށް އީސީއިން އަތްބާނައިގެން ނުވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކީ ސިޔާސީ ޕާޓީތަކުން ވޯޓު ދީގެން ހޮވާފައި ތިއްބަވާ ބޭފުޅުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ކަންކަން ހިންގަނީ ސިޔާސީ ޕާޓީތަކުން ކަމަށްވާތީ، އެކަމުގައި ބަސް ބުނުމުގެ ބާރު އޮންނަންވާނީ ޕާޓީތަކަށް ކަމަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ގާނޫނުތައް އަލުން ބަލައި، ބައެއް ކަންކަން "އޯވަހޯލް" ކުރަން ނުވަތަ މުޅިން އަލުން ތަރުތީބު ކުރަން ޖެހިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved