May 26, 2026
Advertisement
ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގައި 4120 މީހުން ވޯޓަށް ޝަރުތު ހަމަވޭ!
ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގައި 4120 މީހުން ވޯޓަށް ޝަރުތު ހަމަވޭ! / ސަން އޮންލައިން

ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގައި 4120 މީހުން ވޯޓަށް ޝަރުތު ހަމަވޭ!

May 25, 2026, 08:08 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގައި ވޯޓުލާން ޝަރުތު ހަމަވާ މީހުންގެ އަދަދު 4،120އަށް އަރާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

Advertisement

އީސީއިން ސަރުކާރު ގެޒެޓުގައި އާއްމުކުރި ލިސްޓުން އެނގޭ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު، 4،120 މީހުންނަށް ލިބެ އެވެ.  މި މައުލޫމާތުތަކާ އެކު އީސީއިން ވަނީ އައްޑޫ އާއި މާލޭގައި ބަހައްޓާ ހަތް ފޮއްޓަށް ވޯޓުލެވޭ މީހުންގެ މައުލޫމާތު މިހާރު އާއްމުކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުން ހުސްވެފަިއވާ ހިތަދޫ އުތުރ ދާއިރާއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ، 6 ޖޫން ގައެވެ.

ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން އެ ދާއިރާގެ ގޮނޑި ހުސްވެފައިވާއިރު، މި ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ، އެމްޑީޕީން އައްޑޫގެ ކުރީ މޭޔަރު  އަބްދުﷲ ސޯދިގާއި ސަރުކާރު ހިންގާ ޕީއެންސީއިން އަހުމަދު ސައީދެވެ.

އަހުމަދު ސައީދަކީ އެޕްރިލް 4 ގައި ބޭއްވި ކައުންސިލް އިންތިހާބުގައި ހިތަދޫ އުތުރަށް އިންތިހާބުވެފައިވާ ކައުންސިލަރެއްވެސް މެއެވެ.

އެމްޑީޕީގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާތީ ސޯދިގަށް އެ ޓިކެޓު ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލައެވެ.

ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ޕީއެންސީއިން ބޭއްވި ޕްރައިމަރީގައި ސައީދު ވާދަކުރައްވި އެވެ. ނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ސިނާނެވެ.

ސައީދަށް ޓިކެޓު ލިބިވަޑައިގަތީ ޕްރައިމަރީއަށް ފަހު ބައި އިލެކްޝަންގައި ވާދަނުކުރައްވަން ސިނާން ނިންމެވުމުންނާއި އިތުރު ޕްރައިމަރީއެއް ބާއްވަން ވަގުތު ނެތުމާ އެކު ޕީއެންސީއިން އެގޮތަށް ނިންމުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved