March 16, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ހުޅުދޫ ޑަކު ޕާކުގައި ހުރި އަސްދޫންޏާއި ދޫންޏާއި މަސްތައް މަރާލީ ވިހައެއް ދީގެން

Yana Shareef
ޔާނާ ޝަރީފް
Oct 12, 2025, 04:39 AM

އައްޑޫ ސިޓީ ހުޅުދޫ ޑަކު ޕާކުގައި ހުރި ދިރުންތައް ބަޔަކު މަރާލި ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

Advertisement

ހުޅުދޫ ކައުންސިލަރު، ހުސައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ ޑަކު ޕާކްގައި ހުރި ދިރޭ އެއްޗިއްސަށް ބަޔަކު އެއްޗެއް ކާންދީގެން މަރައިލީ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން އަސްދޫންޏާއި ދޫންޏާއި ގިނަ އަދަދެއްގެ މަސް މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަސްދޫނިތަކުގެ ތެރެއިން ސަލާމަތްވީ އެންމެ އަސްދޫންޏެކެވެ.

ފާއިޒް ވިދާޅުވީ، ޕާކުގައި ދިރިއުޅުނު ދިރޭތަކެތި މަރުވާން ފެށީ މީގެ ދެ ދުވަސް ކުރިން ފެށިގެން ކަމަށެވެ.

ރަށުގެ ރައްޔިތުންނާ ގުޅިގެން ހުޅުދޫ ޑަކް ޕާކް ހިމެނޭ ސަރަހައްދު ސާފުކޮށް، އަނެއްކާވެސް އެތަނަށް އަސްދޫނިތައް ގެނެސް ރަށުގެ ރީތިކަން ދެއްކުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ފާއިޒް ވިދާޅުވި އެވެ.

ޖުމްލަ އަށް އަސްދޫނި ހުޅުދޫ ޑަކް ޕާކްގައި ގެންގުޅުނެވެ. އޭގެ ތެރެއިން އެންމެ އަސްދޫންޏެއް ބާކީ ހުރިއިރު، އެ އަސްދޫނި ވެސް ބަލިކޮށް އުޅޭތީ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތެވެ.

ހުޅުދޫ ޑަކް ޕާކަކީ އެ ރަށު ކައުންސިލުގެ އިތުރުން ވަކިން ހާއްސަކޮށް އެ ރަށުގެ ރައްޔިތުން ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved