February 25, 2026
Advertisement
.
. / ޕޮލިސް

އައްޑޫ ފޭދޫން ގެއްލުނު 19 އަހަރުގެ އަންހެން މީހާ ފެނިއްޖެ

Jan 9, 2026, 04:49 AM

މިއަދުގެ މެންދުރުން ފެށިގެން އައްޑޫ ފޭދޫން ގެއްލިގެން ހޯދަމުން އައި ޒުވާން އަންހެން މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement

ގެއްލިގެން ހޯދީ އެ ރަށު ހަމްދަރުދީގެ، ހައްވާ ރާއިދާ މުނީރު، 19، އެވެ. އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓު ކުރީ މިއަދު މެންދުރު އެވެ. ފުލުހުން އޭނާ ހޯދަން އާންމުންގެ އެހީތެރިަކަމަށް އެދުނީ މިރެ އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ރާއިދާ މިހާރު ފެނިފައިވާ ކަމަށެވެ. ރާއިދާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފެނުނު އިރު ހާލު ރަނގަޅު ކަމެއް ނުވަަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

މީގެ ކުރިން ވެސް ރަށްރަށުންނާއި މާލެއިން ވެސް ޒުވާނުން ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރެ އެވެ. ނަމަވެސް އިއުލާނު ކުރާތާ އިރުކޮޅެއް ތެރޭ އާންމު ގޮތެއްގައި ފެނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved