theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އައްޑޫގައި ނިޔާވި ދެމަފިރިންގެ މަރުގެ ސަބަބު އަދި ހާމަކުރެވެން ނެތް: ފުލުހުން / ސޯޝަލް މީޑިއާ
ހަބަރު
އައްޑޫގައި ނިޔާވި ދެމަފިރިންގެ މަރުގެ ސަބަބު އަދި ހާމަކުރެވެން ނެތް: ފުލުހުން
Mariyam Isaadha
މަރިޔަމް އިސާދާ
10 ނޮވެމްބަރު 2025
މާލެ ސިޓީ

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ މަރުގެ ސަބަބު އަދި ހާމަކުރެވެން ނެތް ކަމަށް ދިވެހި ފުލުހުން ހާމަކޮށްފިއެވެ.

މިފަދައިން ހާމަކޮށްފައިވަނީ، ސަދަން ރިޖަންގައި ފުލުހުންގެ މަސައްކަތާ ގުޅިގެން މައުލުމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ އޮންލައިން ބައްދަލުވުމުގައި އެ ރީޖަންގެ ކޮމާންޑަރު، އަހުމަދު ޝަމީމްއެވެ.

ޝަމީމު ވިދާޅުވީ އަދިވެސް އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، އެހެން ފަރާތެއްގެ އެއްވެސް އަނިޔާވެރި ހަމަލާއެއް ދީގެން ނުވަތަ އިތުރުކަމެއް ކޮށްގެން އެ ހާދިސާ ހިނގި ކަމެއް ފުލުހުންގެ ތަހުގީގަށް އެނގެން ނެތް ކަމަށެވެ.

ޝަމީމު ހާމަކުރެއްވި ގޮތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ހިތަދޫ ޓުއަރިޒަމް ޒޯނު ސަރަހައްދުގައި ހުރި ގެއެއްގައި ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އޮޓޮޕްސީއެއް ހަދާނެތޯ ނުވަތަ ނުހަދާނެތޯ ކަނޑައެޅުމަށް އެ މަޝްވަރާ ވެސް ފުލުހުން ކުރި ކަމަށެވެ. އެ ދެމަފަރިން ފަހުން ވަނީ އާއިލާގެ އެދުމުގެ މަތިން އޮޓޮޕްސީ ހެދުމަކާ ނުލާ ވަޅުލާފައެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ދެމަފިރިން މަރުވި ގޭ ހުރީ އިތުރު ދިމާލަކުން މީހަކަށް ނުވަދެވޭ ގޮތަށް ދޮރުތައް ވަރަށް ރަނގަޅަށް ތަޅުވެސްލާފައި ކަމަށެވެ. އެގޮތުން އެ ގެއަށް ފުލުހުން ވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އަދި އާންމު ފަރާތްތަކުގެ އެހީތެރިކަމާ ވެސް އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަހުލީލީ ރިޕޯޓު ނުލިބޭތީ، މަރުވި ސަބަބު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިތަދޫގެ ޓޫރިޒަމް ޒޯންގައި ހުންނަ ގެއަކުން މަރުވެފައި އޮއްވައި ފެނުނީ, ކުރޭނުގެ، އިބްރާހީމް އަބްދުﷲ (60އ)އާއި ނާރެސް، ފަރަހަނާޒް ރަޝީދު (52އ)އެވެ. ދެމެފިރިން ނިޔާވެފައިވާ ކަމަށް ބޮޑަށް ބެލެވެނީ ގެއަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުރި ޖަނެރޭޓަރުގެ ދުމުގެ އަސަރުކޮށްގެން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved