theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް އޮފީސް / ސޯޝަލް މީޑިއާ
ހަބަރު
މުއިއްޒު ކުރާ ދަތުރުތަކުގެ ހަރަދު ހާމަކުރަން އިތުރު މުއްދަތު ބޭނުންވޭ: ރައީސް އޮފީސް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 އޮކްޓޯބަރު 2025
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކަށް ހިނގާ ހަރަދު ހާމަ ކުރުން ސަރުކާރުން ހުއްޓާލާފައިވާތީ އެ ދަތުރުތަކުގެ ހަރަދުތަކުގެ ތަފުސީލް ހާމަކުރަން އިތުރު މުއްދަތު ބޭނުންވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ތަފުސީލު ސަރުކާރުން ދަތުރު ނިމުމުގެ 15 ދުވަސް ވުމުގެ ކުރިން ހާމަކުރާނެ ކަމަށް ޑިސެމްބަރު 2، 2023 ގައި މުއިއްޒު އަމިއްލަފުޅަށް ވިދާޅުވި ނަމަވެސް ޚަރަދުތަކުގެ ތަފްސީލް ހާމަކުރަން ޖެހުމުން މިހާރު އަންނަނީ އިތުރު މުއްދަތަށް އެދެމުންނެވެ.

އެ ނިންމުމުގެ ދަށުން ރައީސް އޮފީހުން އެންމެ ފަހުން ހާމަކުރީ އޭޕްރީލް މަހު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ހަރަދެވެ.

އެ ފަހުން ކުރި ދަތުރުތަކުގެ ހަރަދު ހާމަނުކުރާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނޫސްތަކުން އެދެން ފެށުމުން ތަފްސީލްތައް ސިއްރުކޮށް އިތުރު ވަގުތުތައް ދިނުމަށް އެދި އަންނަނީ ލަސްކުރަމުންނެވެ.

ހަރަދު ހާމަނުކުރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ މި އަހަރު މުއިއްޒު ޗައިނާ، އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ އެވެ.

މެލޭޝިއާއަށް މުއިއްޒު ކުރެއްވި ދަތުރު ނިންމާލި ފަހުން 165 ދުވަސް ވެއްޖެ އެވެ. ސިންގަޕޫރު ދަތުރަށް 102 ދުވަސް ފާއިތުވިއިރު، މުއިއްޒު އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވި ފަހުން 85 ދުވަސް ވެއްޖެ އެވެ. އަދި، ޗައިނާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވި ފަހުން 38 ދުވަސް ވެއްޖެ އެވެ. މިއިން އެއްވެސް ދަތުރެއްގެ ހަރަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

މުއިއްޒުގެ އިތުރުން ހުރިހާ ދަތުރެއްގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ބައެއް މަޖިލިސް މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކެއް ބައިވެރިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved