March 16, 2026
Advertisement
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ / އެޑިޝަން.އެމްވީ

ކްރައިމް ސީނެއްގެ ވީޑިއޯ ލީކުކޮށްލުން: ފުލުހުން ބުނީ ބޮޑީކެމް ވީޑިއޯއެއް ނޫން ކަމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 12, 2025, 07:47 PM
މާލެ ސިޓީ

ފުލުހުން ބެލުމުގެ ދަށުގައި އޮތް، ކުޑަކުދިން ވެސް ހިމެނޭ ކްރައިމް ސީންއެއްގެ ވީޑިއޯ ލީކުކޮށްލައިފިއެވެ.

Advertisement

ވީޑިއޯއަކީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި މަޝްހޫރު ޕްރެޒެންޓަރު އަދި ކުޅިވަރު ހޯސްޓު ނާފިއު ރަޝީދު (ނާއްޕެ) ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯއެކެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންނާއި އެކްސްޕްލޮއިޓުވި ކަމަށް ތުހުމަތު ކުރެވޭ ދެ ކުޑަކުދިންގެ އިތުރުން އެ ސީންގައި ހަރަކާތްތެރިވި ފުލުހުން އެ ވީޑިއޯއިން ފެނެއެވެ. ނަމަވެސް އިތުރު ބަޔަކު ވާހަކަ ދައްކާ އަޑު ވީޑިއޯއިން އިވިގެން ދެެވެ. ރާއްޖޭގެ ދެކުނަށް ނިސްބަތްވާ އަތޮޅެއްގެ ބަހުރުވައަކުން ދެ އަންހެނަކު ވާހަކަ ދައްކާ އަޑި އިވިގެންދެއެވެ. އަދި މަންމައަށް ގުޅާ ބުނަން ހިނގާށޭ ބުނާ އަޑުވެސް އިވިގެންދެއެވެ.

އެފަދަ މައްސަލަތަކުގައި ފުލުުހުން ހަރަކާތްތެރިވާއިރު، އެތަނަކަށް އިތުރު ބަޔަކު ވަދެނުކުމެ ހެދުމަކީ މީގެ ކުރިން މަނާ ކަމެކެވެ. އެހެންނަމަވެސް ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯއަކީ އެ ކުށުގެ ވެށީގައި ހަރަކާތްތެރިވި ފުލުހަކު ރިކޯޑު ކޮށްފައިވާ ވީޑިއޯއެއް ނޫން ކަމަށެވެ. އަދި އެއީ ފުލުހުންގެ ބޮޑީކެމް ވީޑިއޯއެއްވެސް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ކްރިއިމް ސީނެއްގެ ވީޑިއޯއެއް ލީކުވި ގޮތާ މެދު ސުވާލުއުފެމުންދާއިރު، ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި، އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ޒާތީ ފޮޓޯއެއް ލީކު ކޮށްލި މައްސަލަ ފެންމަތިވެފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ވެސް ދޮގުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved