theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސުކުކާ ބުސޫކާ ބޮންޑާ ސޮންޑު ނެގިއިރު މާކަނައެއްހެން ބިމަށް ތުން ހަރައިގެން އިނީ ކަނޑު ގުރުވަނުލިބިދާނެތީއެވެ! / ތޭރަގްރެފިކްސް
ރިޕޯޓު
ސުކުކާ ބުސޫކާ ބޮންޑާ ސޮންޑު ނެގިއިރު މާކަނައެއްހެން ބިމަށް ތުން ހަރައިގެން އިނީ ކަނޑު ގުރުވަނުލިބިދާނެތީއެވެ!
Mariyam Isaadha
މަރިޔަމް އިސާދާ
14 އޮކްޓޯބަރު 2025
މާލެ ސިޓީ

އެއް ޒަމާނެއްގައި އުޅުނު ސައުދާގަރެކެވެ. އެ ސަހަރުގެ ކޮންމެ އިންތިހާބަކަށް ކުރިމަތިލާ ބަލިވާ ސައުދާގަރެކެވެ. ބަލިވުމާ އެކު ހައިޖަމްޕެއް ޖަހާ އެންމެ ގިނަ ވޯޓު ލިބޭ މީހެއްގެ ފަހަތަށް އަރައެވެ. ދެން އެއަށް ފަހު އެވެރިކަމަކީ އޭނާ ގެނައި ވެރިކަމެކޭ އޭނާ ނެތް ނަމަވެރިކަން ނުލިބޭނެ އޭ ބުނެ ފޮނި ކަނޑައެވެ.

ދާދި ފަހުން ވެސް އެ ސައުދާގަރުގެ ކިބައިން އެފަދަ ކަމެއް ހިނގާ ދިޔައެވެ. ސަހަރުގެ ރައީސް އެކި މަންޒިލްތަކަށް ކުރި ދަތުރުފުޅެއްގައި ސައުދާގަރުގެ އުފަން ރަށަށް ވެސް ވަޑައިގެންނެވިއެވެ. އެއާއެކު އެއްކަލަ އިންތިހާބުގައި އެ ރައީސަށް ވަގަށް ދާންދެން މަޖާޒީ ގޮތަށް ގޮވާ ހެދި ސައުދާގަރުގެ އެއްކަލަ ހިޔަޅު ފަޅިވެސް ފެނިގެން ދިޔައެވެ.

އާދަޔާ ޚިލާފަށް ހުޝާމަދުކޮށް ސަނާ ތައުރީފު އޮއްސީ، ބަޑި ތަކުރު ވިހޭރޭ އަލަފަތްވެސް ނާންނަހާ މިންވަރަށެވެ. އަލަތު އަތްބަކަށްވެސް އޭނާގެ އަލަތު ފިރިމީހާ ތައުރިފާ ސަނާ ނުކިޔާހާ މިންވަރަށެވެ. ނޫނީ ބިތެއް ސެޓުކުރަން އުޅޭ އިރު ގޭ ދޮރުމަތިން ބިސްމަޅިވެސް މީހަކު ނުދުއްވާނެހޭ މިންވަރަށެވެ.

ކޮންމެއަކަސް ސައުދާގަރުގެ ބަސްތައް އަޑުއަހަން ބަލި އެނދުގައި އަހުރެން އޮތްއިރު ހިތަށް އެރިއެވެ. ނޫނޭވާ ހައުދަހައި މަކަރުވެރި އިންސާނެކެވެ. މީނާގެ މަޅީގައި ރީތި ޒުވާން އަންހެން ކުދިން ޖެހޭ ސަބަބާމެދު ހައިރާން ނުވާން ވެސް ޟަމީރު އެހާ ހިސާބުން ބުންޏެވެ.

ކޮންމެ އަކަސް އެ ވާހަކަތކުގެ ތެރެއިން ރައީސް މީހާއަށް ސަނާ ކިޔަމުން ސައުދާގަރު ބުންޏެވެ. އެ ރައީސް މީހާ ކަހަަލަ އިހްލާސްތެރިކަމާއެކު ވެރިކަން ކުރެއްވި ވެރިޔަކު އަދި ދެކިވަޑައިނުގަންނަވާ ވާހަކައެވެ.

ހަމައެހެން އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު 132 ބިލިއަން ރުފިޔާއާ ހަމައަށް ދަރަނި ބޮޑުވެގެން ދިޔައީ ކަމަށާ އެއީ އެމަނިކުފާނު ކުރެއްވި ކަމަކުން ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ކުރީގެ ރައީސް މީހާ ސްކޫކާއި ބުސޫކް ނަގާ، ބޮންޑާއި ސޮންޑު ނަގާ، ލޯނާ ބޯނު ނަގާ، ހުރިހާ އެއްޗެއް ނެގިނެގީނުން ގޮސް ވީކަމެއް ކަމަށް ބުނެ ކުރިން ސައުދާގަރަށް އެމީހަކު ވަރެއް ނެތިގެން އުޅުނު ކުރިގެ ރައީސަށް ހެއްދެވި ނެހެއްދެވި ގޮވާލިއެވެ.

މި ވާހަކަތަކާ އެކު ހިތަށް އެރިއެވެ. އަޅެ ފަހެ އެ ވިދާޅުވާ ބޮންޑާ ސޮންޑާ ލޯނާ ބޯނާ ސުކުކާ ބުސޫކާ ނެގިއިރު އަތްޖަހާ ވާ ވާ ކިޔަން އެންމެ އަރިހުގައި ހުރީ ހަމަ އެ ސައުދާގަރުތާއެވެ. އޭރު އެހުރިހާކަމެއް ހަމަވެސް ވަރަށް ބަރާބަރުވެ އަތް ޖަހަމުން ދިޔައީ ކޮނޑު ހުޅުންވާގިދާ މިންވަރަށެވެ. ހުޝާމދަުކޮށް ސަނާ ތައުރީފު ކުރަމުން ދިޔައި ތަލިން ކުޅު ހިކެންދެންނެވެ.

ނަމަވެސް މިއަދު އެކަންކަން ގޯސް މިވީ މަސް ނުބޭނުނީމަ ކަނޑު ގޯސްވާ އުސޫލުންނެވެ. އެދުވަހު އެ ވިދާޅުވާ ހުރިޙާ ސާމާނެއް ނެގިއިރު ސައުދާގަރު ހުންނެވީ ކަނޑު ގުރުވަ ނުލިބާދެނީ ބިމަށް ތުން ހަރައިގެންނެވެ. ތިމާ މީހާއަށް ލިބެން ފަޅު ތަކާ ގިރިތަކާ ހާހަލާ ޓެކްސް ފައިސާ މައާފުކުރުން ފަދަ ކަންކަން ކާމިޔާބު ނުވެދާނެ އޭރު ބޮންޑާ ސޮންޑާ ސުކޫކާ ބުސޫކާ ލޯނާ ބޯނު ނެގުންވެސް އޯކޭވެފައި މިއަދު އަނެއްކާވެސް ފަޅަކާ ގިރިއަކާ 18 މިލިއަން ޑޮލަރެއްގެ ދަށުވެ އަނގަ ފެޅީތާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved