April 15, 2026
Advertisement
ރައީސް މުއިއްޒު އެބަޖެހޭ އެހެން މީހުން ބޭރުކުރާހެން ގާސިމްވެސް ބޭރުކުރަން: ރައީސް ޔާމީން
ރައީސް މުއިއްޒު އެބަޖެހޭ އެހެން މީހުން ބޭރުކުރާހެން ގާސިމްވެސް ބޭރުކުރަން: ރައީސް ޔާމީން / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު އެބަޖެހޭ އެހެން މީހުން ބޭރުކުރާހެން ގާސިމްވެސް ބޭރުކުރަން: ރައީސް ޔާމީން

Apr 14, 2026, 06:42 PM
މާލެ ސިޓީ

ސަރުކާރަށް ފައިދާ ނުވާތީ ކަމަށް ބަލާ ގިނަ ބަޔަކު ސަރުކާރުން ވަކިކޮށް ބޭރުކުރަމުންދާއިރު، އެމީހެއްގެ ކިބައިން ދައުލަތަށް ގެއްލުން ވަމުންދާ ގިނަ ބަޔަކު ތުހުމަތު ކުރާ، ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމު ވެސް ސަރުކާރާ ފެއަށް ޖައްސަން ޖެހޭ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ގާސިމް ސަރުކާރާ އެކު ބައިއަތު ހިފައިގެން ކަމަށް ދައްކަނީ އަމިއްލަ މަންފާއަށް ކަމަށާ އެގޮތުން ކައުންސިލް އިންތިހާބުގައިވެސް މާމިގިލި ދާއިރާ ނޫން އެހެން ހުރިހާ ދާއިރާއެއް ސަރުކާރަށް ޖޭޕީއިން ދޫކޮށްލީވެސް އެ ބޭނުމުގައި ކަމަށެވެ.

ނަމަވެސް އިންތިހާބުތަކުގައި، ގާސިމް ލިޔުއްވާފައި އޮންނަ ހިންނަ ގަނޑެއްހެން ގެންގުޅޭ މާމިގިލީ ދާއިރާއިން ވެސް ގާސިމަށް ކާމިޔާބު ނުހޯދުނުކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވި، ކާޑެއްދޫ އެއާޕޯޓުގެ ބަދަލުގައި 18 މިލިއަން ނުވަތަ 20 މިލިއަން ޑޮލަރު ގާސިމަށް ރައިސް މުއިއްޒު ދެއްވި ނަމަވެސް ގާސިމަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ.

އެހެންކަމުން އިންތިހާބަށް ފަހު ގެންނަމުންދާ ބަދަލުގެ ތެރެއިން ގާސިމްވެސް ފެއަށް ޖައްސަން ވަގުތު ޖެހިއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ އަމިއްލަ މަންފާއަށް މީހުންގެ ބޭނުން ހިފައި އޭގެ ފަހުން އެމީހުންނާ މެދު އިހާނެތިވެ ނަގާ އެއްލާލަމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved