March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކޮރަޕްޝަންގެ ތުހުމަތަކަށްފަހު ތުހުމަތެއް، މިފަހަރު އޭސީޕީ ދާއޫދަށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 14, 2025, 10:14 PM
މާލެ ސިޓީ

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދުގެ އެކައުންޓަށް ފައިސާ ލިބުނު ގޮތް ކަށަވަރުނުވާ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި، އެ ފައިސާތަކަކީ އެމްއެމްޕީއާރްސީގެ ފައިސާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ތުހުމަތުކުރައްވައިފިއެވެ.

Advertisement

މާލިއްޔަތު ކޮމެޓީގައި މިހާރު ކުރިޔަށްދާ ފުލުހުންގެ ބްލޫ ހައުސިންގެ އޮޑިޓު ރިޕޯޓުތައް ދިރާސާކުރަން އުފައްދައިފައިވާ ސަބް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ފުލުހުންގެ ހައުސިންގެ މައްސަލައިގެ އިތުރަށް ވެސް އިތުރު ގިނަ މައްސަލަތަކެއްގެ ހެކި ވެސް ލިބިފައިވާ ކަމަށެވެ. 

ދާއޫދަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ވެސް އޮތް ނަމެއްކަން ފާހަގަކުރައްވަމުން ނާޒިމް ވަނީ 2023 އަދި 2024 ވަނަ އަހަރާއި ދެމެދު ދާއޫދުގެ އެކައުންޓަށް އެކައުންޓަށް ފައިސާ ލިބުނު ގޮތް ކަށަވަރުނުވާ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ދާއޫދުގެ އަމިއްލަ ނަމުގައި ނެތް އިރު، މުޅި ޖުމްލަ 14.5 މިލިއަން ރުފިޔާގެ އެސެޓަށް އެނާ އިންވެސްޓްކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް އޭނާގެ އަމިއްލަ ނަމުގައި ކުރާ ފަރާތަކަށް ނުވާއިރު، މުޅި ޖުމްލަ 14.5 މިލިއަން ރުފިޔާގެ އެސެޓަށް އެނާ އިންވެސްޓްކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ހުރިހާ އިދާރާއެއްގައި މަސައްކަތް ކުރަމުން އަންނަ އިސްވެރިންގެ ޚިޔާނާތާއި މައްސަލަތައް އާންމުވަމުން އަންނައިރު މިފަދަ މައްސަލަތައް ބަލާ ތަހުގީގު ކުރަމުންދާ ތަނެއް ނުފެނެއެވެ. މިއީ ސަރުކާރަށް އެގިގެން ސަރުކާރުގެ އެއްބާރުލުމާއެކު ހިންގާ ޖަރީމާތަކެއްގެ ގޮތުގައި ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved