theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ޕޮލިސް
ހަބަރު
ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން އިރުޝާދު ދީފި
Yana Shareef
ޔާނާ ޝަރީފް
15 އޮކްޓޯބަރު 2025

އިންޓަނެޓް މެދުވެރިކޮށް ހިނގާ ކުށްތަކަށް، ޚާއްސަގޮތެއްގައި އޮންލައިން ސްކޭމްތަކަށް ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިރުޝާދުތަކެއް ދީފިއެވެ.

އޮކްޓޫބަރު މަހަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސްކަމަށް ވާތީއާއި ދިވެހިންގެ ތެރޭގައިވެސް އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތައް އިތުރުވަމުން އަންނާތީ ފުލުހުން ވަނީ ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ލިސްޓުކޮށްފައެވެ. އެފިޔަވަޅުތަކަކީ:

ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން:

ކުރު އަދި ބަލިކަށި ޕާސްވޯޑު، މުހިންމު އެކައުންޓުތަކުގައި ބޭނުންކުރުމަކީ ހެކަރުންނަށް ޕާސްވޯޑު ކްރެކްކޮށްލަން ލިބޭ ފަސޭހަ ފުރުސަތެކެވެ. ފުލުހުން އެދެނީ ޕާސްވޯޑު ވަރުގަދަކުރުމަށް ދިގު ޕާސްވޯޑެއް ބޭނުންކުރުން ނުވަތަ އެކިއެކި އަކުރުތަކުގެ ސްޓްރިންގެއް ނުވަތަ ޔުނީކް ޕާސްވޯޑު ބޭނުންކުރުމަށެވެ.

2. ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރުން

ދިގު އަދި ގިނަ ޕާސްވޯޑުތައް ބޭނުންކުރާ ކަމަށްވާނަމަ ހުރިހާ ޕާސްވޯޑެއް ހަނދާންކުރަން އުނދަގޫވާނެތީ ސެކިއުރިޓީ މަތި ޕާސްވޯޑު މެނޭޖަރު ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ޕާސްވޯޑުތަކުގެ އިތުރުން މުހިންމު މައުލޫމާތު ރައްކާކުރުމަށް ވެސް މިފަދަ ޕާސްވޯޑު މެނޭޖަރުތައް ބޭނުންތެރިވާނެއެވެ. ބައެއް ވަރުގަދަ ޕާސްވޯޑް މެނޭޖަރުތަކުގެ ތެރޭގައި އައިކްލައުޑް، ގޫގުލް ޕާސްވޯޑް މެނޭޖަރ، ބިޓްވާޑަން އަދި 1 ޕާސްވޯޑް ހިމެނެއެވެ.

3. މަލްޓި ފެކްޓަރ އޮތެންޓިކޭޝަން

މިއީ އޮންލައިން އެކައުންޓުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަން އެޅޭނެ އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ. އެއީ އެކައުންޓަށް ވަންނަން އުޅޭ ފަރާތަށް ޕާސްވޯޑު ލިބުނު ކަމުގައިވިޔަސް އަދި އެމީހެއްގެ ފޯނަށް ނުވަތަ އީމެއިލްއަށް އަންނަ ކޯޑު ޖަހައިގެން މެނުވީ އެކައުންޓަށް ނުވަދެވޭނެތީއެވެ. ފުލުހުންގެ ތިރީގައިވާ ފޮޓޯއިން މަލްޓި ފެކްޓަ އޮތެންޓިކޭޝަން ހަދާނެ ގޮތް ދައްކާދީފައިވާނެއެވެ.

4. ސޮފްޓްވެއާ އަޕްޑޭޓް ކުރުން

ސޮފްޓްވެއާ އަޕްޑޭޓެއް ފޯނަށް އަންނައިރު އާންމުކޮށް ސެކިއުރިޓީ އަޕްޑޭޓެއްވެސް ވެސް އަންނާނެއެވެ. މިފަދަ އަޕްޑޭޓުތައް ކުރުމުން ފޯނު އަދި ޓެބްލެޓް ފަދަ ވަސީލަތްތަކުގެ ސެކިއުރިޓީ ވަރުގަދަކުރެވިގެންދާނެއެވެ.

5. ފިޝިންގ ލިންކުތައް ދަނެގަނެ ރިޕޯޓުކުރުން

ފިޝިންގ ލިންކުތަކަކީ އެ ލިންކުތަކަށް ފިތާލުމުން މީހާގެ ސެކިއުރިޓީ މައުލޫމާތު އެ ލިންކު ފޮނުވާ ފަރާތަށް ނަގާލެވޭ ފަދަ ހީލަތްތެރި ލިންކުތަކެވެ. އާންމުކޮށް ފިޝިންގ ލިންކު ފޮނުވާނީ ގާތް، އެކުވެރި މީހެއްގެ އެކައުންޓު މިފަދަ ގޮތަކަށް ހެކްކޮށްގެން އޭނާގެ ނަމުގައެވެ. ތިރީގައިވާ ފޮޓޯއިން ފުލުހުން ކިޔާ ދެނީ މިފަދަ ހީލަތްތެރި ލިންކުތައް ދަނެގަންނާނެ ގޮތްތަކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved