March 9, 2026
Advertisement
އެމްއޭސީއެލްގެ އެމްޑީ ޝަރީފް
އެމްއޭސީއެލްގެ އެމްޑީ ޝަރީފް / ތޭރަގްރެފިކްސް

ކުންފުނި ހިންގެވުމުގެ ބަދަލުގައި ޝަރީފް އުޅުއްވަނީ ފުޅިމަދު އުނގުރިއެއްހެން

Yana Shareef
ޔާނާ ޝަރީފް
Oct 15, 2025, 09:26 PM

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ ރައްޔިތުން ގަބޫލު ކުރި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ވަރުގަދަ އަދި އެންމެ މުވައްޒަފުން ގިނަ އިހުލާސްތެރި މަސައްކަތެއް ކުރާ ކުންފުންޏެކެވެ.

Advertisement

ރައްޔިތުންގެ ނަޒަރިއްޔާތު ބަދަލުވެގެން ދިޔައީ މި ކުންފުންޏަށް އިބްރާހިމް ޝަރީފް މުހައްމަދު އައްޔަން ކުރެވި އެ ކުންފުނީގެ ހާލަތު އޭނާ ބަދަލު ކުރެއްވި މަންޒަރު ފެނުމުންނެވެ.

ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެއީ އެހާ ވެސް ސިއްރުންނެވެ. ކުންފުންޏާ ހަވާލުވިތާ ފުރަތަމަ އަހަރު އެ ކުންފުނިން ކޮންމެ އަހަރަކު ކުންފުނީގެ މުވައްޒަފުންނަށް ދޭ ބޯނަސް ދިނުމުގައި ވެސް ލަސްކުރި ވާހަކަ އަޑުއިވުނެވެ.

މުވައްޒަފުންގެ މުސާރަ ލަސްކޮށް ދިނުމާއި މުވައްޒަފުން ސަލާން ޖަހައިފި ނަމަ މުވައްޒަފުންގެ މުސާރައިން ކަނޑާ ވަޒީފާއިން ކަނޑާލާނެކަމުގެ ބިރު ވެސް ދެއްކި ވާހަކަތަކަކީ ޝަރީފް އެމްއޭސީއެލްގެ އެމްޑީކަމާ ހަވާލުވި ފަހުން އަޑުއިވެން ފެށި ވާހަކަތަކެވެ.

ދާދި ފަހުން ދެން ފެނިގެންދިޔައީ ހައިރާންކުރުވަނިވި މަންޒަރެކެވެ. ރާއްޖޭގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކޮންމެ ރަށެއްގައި ވެސް ފިޓްނަސް ސެންޓަރެއް ގާއިމް ކުރަން ނިންމާ އެ މަސައްކަތް އެއާޕޯޓު ހިންގާ މައި ކުންފުންޏާ ހަވާލު ކުރި ތަނެވެ.

މިކަމަށް ޖޯކު ނުޖަހާ ބަޔަކު ނެތެވެ. އިމާރާތް ކުރުމާއި އެމްއޭސީއެލްއާއި އޮތީ ކޮން ގުޅުމެއްކަމެއް އެނގިވަޑައިގަންނަވާނީ މުއިއްޒު އަދި ޝަރީފަށެވެ.

އެމްއޭސީއެލް އިން ރަށްރަށުގައި ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ޕެނެސިލިން ނަމަކަށް ކިޔާ ކުންފުންޏެއް ވެސް ދާދި ފަހުން ވަނީ އުފައްދަވާފައެވެ. އެމްއޭސީއެލްގެ ދަށުން ހިންގަވާ އެ ކުންފުނީގެ އެމްޑީއަކީ ވެސް ހަމަ ޝަރީފެވެ.

މިއަދު އެކްސް ސްކްރޯލް ކުރަމުންދަނިކޮށް ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް ކޮށްފައިވާ ޕޯސްޓެއްގައި ޝަރީފަށް ފާޑު ވިދާޅުވެފައި އޮތް މަންޒަރު ފެނިގެންދިޔައެވެ. އޮތީ ހުސް ހަގީގަތެވެ.ނަމަވެސް ސަރުކާރުގެ އެކްޓިވިސްޓުން މިކަން ދޮގު ކުރާނެއެވެ.

މާދަމާ ރައީސް މުއިއްޒާއި މެޑަމް ސާޖިދާއަށް މުގުރިހަ ކައްކަން ޖެހޭނީ އެމްއޭސީއެލުން ކަމަށް ބުނެފިނަމަ ދުވެފަ މުލިއާގެ ބަދިގެއަށް ވަންނާނީ ޝަރީފުކަމަށް ވެސް މަލިހުގެ ޕޯސްޓުގައި ބުނެފައިވެެއެވެ.

އެމްއޭސީއެލުން ބިން ހިއްކުމުގެ ނަމުގައި އުޅެނީ ލޯނުތައް ނަގައިގެން ކުންފުނި ބަނގުރޫޓު ކުރުމަށް ކަމަށް މަލީހު ވިދާޅުވިއިރު އަނެއް ބަޔަކު ބުނަނީ މަގުސަދަކީ މަނީ ލޯންޑަރ ކުރުންކަމެވެ. ހަގީގަތަކީ ކޮބައިކަމެއް ނޭނގެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved