April 14, 2026
Advertisement
އެމްއޭސީއެލް ބަނގުރޫޓޫވާއިރު ބަހެއް ނުކިޔާ މުއިއްޒު ހުންނަނީ ބައި އެޅޭތީތޯ؟ މަލީހު
އެމްއޭސީއެލް ބަނގުރޫޓޫވާއިރު ބަހެއް ނުކިޔާ މުއިއްޒު ހުންނަނީ ބައި އެޅޭތީތޯ؟ މަލީހު / ތޭރަ އޮންލައިން

އެމްއޭސީއެލް ބަނގުރޫޓޫވާއިރު ބަހެއް ނުކިޔާ މުއިއްޒު ހުންނަނީ ބައި އެޅޭތީތޯ؟ މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 14, 2026, 02:14 PM
މާލެ ސިޓީ

އެމްއޭސީއެލް ބަނގުރޫޓޫވާއިރު ބަހެއް ނުކިޔާ ރައީސް މުހައްމަދު މުއިއްޒު ހުންނަނީ ބައި އެޅޭތީތޯ އައްސަވާ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ، އެމްއޭސީއެލް ތެރޭގައި ކޮރަޕްޝަން އިތުރުވެ ކުންފުނި ހަލާކުވަމުންދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، އެމްއޭސީއެލްގެ އެމްޑީ ޝަރީފުގެ އެމްޑީކަމުގައި، އަދި އައިޝަތު ނޫރައިން ޖަނާހުގެ ޗެއަރޕާސަންކަމުގައި އެމްއޭސީއެލުން ދަނީ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުން ނަމަވެސް ރައީސް މުހައްމަދު މުއިއްޒަށް އެކަން މާބޮޑުކަމަށް ނުވާކަމަށް އަމަލުން ފެންނަ ކަމަށެވެ.

މަލީހު ވަނީ،  އެއާޕޯޓު ބަޔަކު މީހުންގެ ހީލަތްތެރިކަމުން އެއްކޮށް ބަނގުރޫޓުވަމުންދާ ވާހަކަ މުއިއްޒަށް ނީވެނީތޯ ސުވާލުކުރައްވާފައެވެ. އަދި  އެމްއޭސީއެލް ބަނގުރޫޓޫވެ ތަން ކޮރަޕްޝަނުން ފުރިގެންދާއިރުވެސް ބަހެއް ވިދާޅުނުވެ ރައީސް މުއިއްޒު ހުންނަނީ ބައި އެޅޭތީތޯ ވެސް މަލީހު ވަނީ އައްސަވާފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އެމްއޭސީއެލުން ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ރާއްޖޭގެ އެތަން މިތަނުގައި ތިބި އެތައް ބަޔަކަށް ބޮޑެތި މުސާރައިގައި ވަޒީފާދީފައިވާ ކަމަށާ އަދި އެކި މީޑިޔާތަކަށް ބޮޑެތި އަދަދުން ފައިސާ ދޭކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved