
މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑް (އެމްއޭސިއެލް(އިން ހިނގި ޖަރީމާތައް ނޭނގޭ ކަމަށް ބުނުމަސް ފަހު ފަހުން އެކަންކަމާ ގުޅޭ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒަށް ފިޔަވަޅު ނޭޅިގެން އުޅޭ ސަބަބާ މެދު ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލި ސުވާލު އުފައްދަަވައިފިއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފިންގަރ ނުޖަހާ ވަޒީފާއަށް ޙާޒިރުވާން ނުޖެހޭ ގޮތަކަށް އެތައް ބަޔަކަށް މަހެއްގެ މައްޗަށް 2.4 މިލިއަން ރުފިޔާ އެމްއޭސީއެލްއިން ޚަރަދުކުރަމުން ދިޔަކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިކަން ފާހަގަކުރައްވާފައެވެ.
މަލީހު ވަނީ، އެމްއޭސީއެލްއިން ޚަރަދުކުރަމުން ދިޔައީ މުއިއްޒަށް ނޭނގި ކަމަށް ވާނަމަ މިހާރު އެނގުމުން ފިޔަވަޅު ނޭޅިގެން އުޅެނީ ކީއްވެ ކަމާ މެދު ސުވާލު އުފައްދަވާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އެމްއޭސީއެލުން ޒންމާއެއް މަތިކުރުމެއް ނެތި އެތައް ބަޔަކަށް ވަޒީފާދީފައިވާކަމަށް ދައްކުވައިދޭ ލިޔުންތަކެއް ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ.










