March 18, 2026
Advertisement
.
. / ދަ އައިލެންޑްޗީފް

ހަނގުރާމައިގެ ސަބަބުން 300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، ސަރުކާރުން ބުނީ ފަތުރުވެރިކަމަށް އަސަރު ނުކުރާކަމަށް

Yana Shareef
ޔާނާ ޝަރީފް
Mar 18, 2026, 06:04 PM

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެ އަށް 300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެ، 60،000 އަށް ވުރެ ގިނަ ބުކިން ކެންސަލްވެ، ގާތްގަނޑަކަށް 350،000 ރޫމް ނައިޓްސް ގެއްލިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނިން  ބުނެފި އެވެ.

Advertisement

ފުޅާ ދާއިރާއެއްގައި ޓްރެވަލް އަދި އޭވިއޭޝަން ހިދުމަތް ދޭ އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ވިދާޅުވީ މިހާރު ކެންސަލްވި އަދަދަށް ބަލާއިރު މިއީ ހަމައެކަނި ކުޑަ އަދަދުތަކެއް ކަމަށެވެ.

ފިރާގު ވިދާޅުވީ ރާއްޖެއިން މިހާރު ކުރިއަށް ގެންދަން ޖެހޭނީ، މި މުހިންމު އިގްތިސާދީ ގެއްލުން މެނޭޖްކުރުމަށް ސާފު ސްޓްރެޓެޖީތަކާ އެކު ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އަސަރު ނުކުރާނެކަމަށާއި އިގްތިޞާދީ ހާލަތަު ރަނގަޅުކަމަށް ބުނެ ސަރުކާރުން އަންނަނީ ދޮގު ހަދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved