April 29, 2026
Advertisement
ފްރޯޒަން ޗިކަން ލެގު ކުއާޓަރ ކޭސް އަގު ހެޔޮކޮށްފި
ފްރޯޒަން ޗިކަން ލެގު ކުއާޓަރ ކޭސް އަގު ހެޔޮކޮށްފި / ސޯޝަލް މީޑިއާ

"ފްރޯޒެން ލެގް ކުއާޓާ" ކޭހަކުން 100ރ. އަގުހެޔޮކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 16, 2025, 01:48 AM
މާލެ ސިޓީ

ކުކުޅު ފިހާރައިން ވިއްކާ "ފްރޯޒެން ލެގް ކުއާޓާ" ކޭހަކުން 100ރ. އަގުހެޔޮކޮށްފިއެވެ.

Advertisement

ރާއްޖެއަށް ގިނަ އަދަދެއްގެ ފިނިކުރި ކާބޯތަކެތި ގެންނަ ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިޠާ އާދަމް މިކަމާ ގުޅިގެން ވިދާޅުވީ، ކުރިން 890ރ. ވިއްކަމުން ދިޔަ 15 ކިލޯގެ "ލެގް ކުއާޓާ" ކޭހެއް މިހާރު 790ރ. އަށް ލިބޭނެ ކަމަށެވެ.

ރަހަ މީރު، ޖީބަށް ލުއި، ތާޒާ، ތަފާތު އުފެއްދުންތައް ކުކުޅު ފިހާރައިން ލިބެން ހުންނައިރު، އެ ފިހާރައިން ކައިރި ކައިރީގައި ހާއްސަ ޕްރޮމޯޝަންތައްވެސް ބާއްވައެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved