March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

މިއީ "ކަޑަ" ސަރުކާރެއް: ރައްޔިތުން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 17, 2025, 07:11 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ދޮގުހެދުމާއި، އޮޅުވާލުމާއި ޚިޔާނާތްތެރިވުމުގައި އަރާހުންނެވި ބޭފުޅެއް ކަމަށް ދިވެހި ރައްޔިތުން ގޮވަން ފަށައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ވާހަކަ ދައްކަމުން މީހަކު ބުނެފައިވަނީ "ވާނޭ، ވާނޭ" ކިޔާ ރައީސް އަންނަނީ ރައްޔިތުން މޮޔަ ހައްދަމުން ކަމަށާއި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަވާ ކަމަށެވެ.

މިއީ ތެދު ޙަގީގަތް ކަމަށާއި ދިވެހި ރައްޔިތުން މިއަދު މިކަމަށް އެއްބަސް ވާނެ ކަމަށް ވީޑިއޯގައި ވާހަކަ ދެއްކި ފަރާތުން ބުނެފައިވެއެވެ.

މިގޮތުން، ރައީސް މުއިއްޒު މިހާރު އަަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގަންނަވާތީ ހައިމާކުތަކާއި އެނޫންވެސް ބިން ހިއްކުމާއި އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށް ގެންގޮސް، ދަތުރު ނިންމަވާފައި މުއިއްޒު އެނބުރި ވަޑައިގަންނަވާއިރު މިތަކެތިވެސް ގެއްލޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިއާއި އެކު މުއިއްޒުގެ ސިޔާސަތުތައް ކަމަކުނުދާ ކަމަށާއި "ކަޑަ" ކަމަށް ބުނެ ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ބޮޑު ތަނުން "ނޯ" ބުނަމުންނެވެ.

ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރަށްރަށަށް މިހާރު ރައީސް މުއިއްޒު ކުރައްވާ ދަތުރުތަކުގައި މަތި މައްޗަށް ވައުދުވެ، އެ ވައުދުތައް ޓްރެކް ކުރުމަށްވެސް ސަރުކާރަށް އަންނަނީ އުނދަގޫވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved