March 25, 2026
Advertisement
-
- / މޯލްޑިވް ގޭސް

މޯލްޑިވް ގޭހުގެ ސްޓޮކު މާލެއިން ހުސްވެ ގޭބިސީތަކަށް ގޭސް ނުލިބިފައި!

Oct 19, 2025, 02:26 AM
މާލެ ސިޓީ

މޯލްޑިވް ގޭހުގެ ސްޓޮކު މާލެއިން ހުސްވެ ގޭބިސީތަކަށް ގޭސް ނުލިބިފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ޗެނަލް13 އާ މައުލޫމާތު ހިއްސާކުރި އާންމު ރައްޔިތަކު ބުނެފައިވަނީ، ހޮނިހިރު ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ގެއަށް ގޭހަށް އޯޑަރު ދިން ނަމަވެސް ދުވަހުގެ އިރުއޮއްސުނުއިރުވެސް ގެއަށް ގޭސް ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން ގޭސް ނުލިބި އެހާ ލަސްވި ސަބަބެއް އޮޅުން ފިލުވަން މޯލްޑިވް ގޭސްއަށް ގުޅާލުމުން ފޯނު ނެގި މުވައްޒަފު ވުނެފައިވަނީ، މާލެއިން ގޭހުގެ ސްޓޮކު ހުސްވެފައިވާތީ ގޭސް ޑެލިވަރީ ކޮށްނުދެވުނީ ކަމަށާ ތިލަފުށިން އަންނަން ޖެހޭ ސްޓޮކު ލިބިފައިނުވާތީ އެކަން އެގޮތަށް ދިމާވީ ކަމަށް އެމީހާ ބުނެފައިވެއެވެ.

މިއީ ކިހިނެއް ހިނގައިގެން އުޅޭ ހާދިސާއެއްތޯ ބެލުމަށް މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved