theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަގްރެފިކްސް
ހަބަރު
މިގައުމުގައި ތިބީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭން ޖެހޭވަރުގެ ފުރިހަމަ އިންސާނުންތަކެއް ނޫން ކަމަށް ސަރުކާރުގެ އެސްޕީޑީއަކު ބުނެފި
13 ފެބްރުއަރީ 2026
މާލެ ސިޓީ

މިގައުމުގައި ތިބީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭން ޖެހޭވަރުގެ ފުރިހަމަ އިންސާނުންތަކެއް ނޫން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުރި ފަޒީލާ ސަލީމު ބުނެފިއެވެ.

ރައްޔިތުންގެ ކުންފުނި ކަމަށް ބުނާ އެސްޓީއޯއިން ކައްކާ ގޭސް ހުސްވެ އެކަމުގެ ޝަކުވާ ބޮޑުވެ ނޫސްތަކުގައި އެ ޚަބަރު ޝައިއުކުރަން ފެށުމުން އެކަން ދޮގުކޮށް މި ސަރުކާރުގައި އެޗްޑީސީގެ ސިޔާސީ މަގާމެއްގައި ހުރި ސަމިއްޔާ އަބްދުﷲ، އޭނާގެ ފޭސްބުކުގައި ކުރި ޕޯސްޓަކަށް ކޮމެންޓުކުރަމުން ފަޒީލާ ބުނެފައިވަނީ، މި ގައުމަކީ ގޭސް ހުވެގެންވެސް ނުވާ ގައުމެއްހާ ފުރިހަމަ ގައުމެއް ނޫން ކަމަށާ އަދި މިތަނުގައި ދިރިއުޅެމުން ދަނީ ވެސް އެފަދަ ކަންކަން ފުރިހަމަ ވާން ޖެހޭ ވަރުގެ ފުރިހަމަ އިންސާނުން ނޫން ކަމަށެވެ.

ގޭސް ހުސްވުމުން ހުސްވީކަން ގަބޫލުކޮށް ޝުކުރު ކޮށްގެން ތިބެންވީ ކަމަށާ ނޫނީ އެނޫން އެހެން ގޮތެއް ހޯދަންވީ ކަމަށްބުނެ ފަޒީލާ ބުނެފައިވަނީ، ހުރިހާ ކަމެއް އިރުން އިރަށް ފުރިހަމަވާން ކޮންމެހެން ނުޖެހޭ ކަމަށެވެ.

ފަޒިލާގެ ކޮމެންޓު

ފަޒީލާ އިތުރަށް ބުނެފައިވަނީ އިންސާނުންނަކީ ވަރަށް "ފުއްޕާ" ބައެއް ކަމަށެވެ.

ފަޒީލާގެ ކޮމެންޓަށް ރައްދު ދިން ބައެއް ފަރާތްތަކުން ބުނެފައިވަނީ ގޭހަކީ މިހާރު އާންމު ދިރިއުޅުމުގައި އަސާސީ ހައްގަކަށްވެފައިވާ އެއްޗެއް ކަމަށާ އެހެންކަމުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަމެއް ނުގެނެސް ފުއްދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަެވެ.

ހަމައެހެންމެ ޚުދު ފަޒީލާވެސް ހިމެނޭހެން އޮތް ސަރުކާރެއް ރައްޔިތުންނަށް ކަންކަން އުނިވަމުންދާއިރު ސަރުކާރު ދިފާއު ކުރުމުގައި ފަޒީލާ ދައްކާފައިވަނީ އިންސާނިއްޔާތާ ޚިލާފު ވާހަކައެއް ކަމަށާ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ހުރެ ރައްޔިތުން ނިކަމެތިވާނެހެން ވާހަކަ ދެއްކުމަކީ ފަޒީލާމެންގެ ފެންވަރާ ފަންވަރު ހާމަވާ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނައިރު، ސަރުކާރުގެ އޮފިޝަލަކު ރައްޔިތުންނާ ގުޅުވާ މި ދެއްކި ވާހަކަތަކުން ވެސް އިބްރަތް ހާސިލްކޮށް ކައުންސިލް އިންތިހާބުގައި ސަރުޚާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބެ ރައްޔިތުންނަށް "ކުރު ދޮށިން" ދިނުމަކީ "ސަޅި" ކަމެއްގެ ގޮތުގައި ދެކުމަކީ ކިބުރުވެރިންގެ ސިފައެއް ކަމަށް ބުނެވެސް ބައެއް މީހުން ފަޒީލާއަށާ ސަރުކާރަށް ފާޑުކިޔާފައިވެއެވެ.

މީގެ އިތުރުން ފަޒީލާގެ ބައްޕާފުޅު "އުންބެ ސަލީމު"އަކީ ގައުމަށް ނުހަނު ވަފާތެރި ޚިދުމަތްތަކެއް ރައްޔިތުންނާ ފަސްގަނޑުގެ ދިފާއުގައި ކުރައްވާ ދުނިޔެއާ ވަކިވެވަޑައިގެންނެވި ސަލާމަތީ ބާރުތައް އެބޭކަލާ މެދު ފަޚުރުވެރިވާ ބޭފުޅެއް ކަމަށާ އެހެންކަމުން ފަޒީލާ ދިވެހި ރައްޔިތުންނާ ގުޅުވާ ދެއްކި އެ ވާހަކަތަކުން ބައްޕާފުޅަށްވެސް ހުތުރު ކަމަށް ބުނެވެސް ބައެއް މީހުން ފާޑުކިޔާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved