ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ކަންކަން މެނޭޖުނުކުރެވި ފެއިލްވި ފުރަތަމަ ވެރިކަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން ގެނެސް ވިއްކާ ކައްކާ ގޭސް އެއްކޮށް ސްޓޮކު ހުސްވެ ރައްޔިތުން ވަނީ ގޭހަށް ޖެހިފައެވެ. އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންއެފްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މުޅި ގައުމުގެ އެންމެ ބޮޑު ކުންފިނުން ގޭސް ހުސްވުމަކީ ކުޑަކަމެއް ނޫން ކަމަށެވެ.
ހަމައެހެންމެ ރައީސް މުއިއްޒު ވިދާޅުވި ތަރައްގީއަކީ މިއީ ކަމަށް މަޖާޒީ ގޮތަކަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ، މި ފަދަ ތަރައްގީއަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ދިނުމަށް ރަައްޔިތުން ކައިރީ ޕީއެންސީން ވަކާލާތު ކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އެގޮތުން އަސާސީ ކަންތައްތައް މެނޭޖް ނުކުރެވުނު މިއީ ފުރަތަމަ ވެރިކަން ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ، އެކަމުން ދޭހަވަނީ ސަރުކާރުގެ ވެރިންގެ ނާގާބިލުކަން ކަމަށެވެ.
ކުރިއަށް ރަމަޟާން މަސް އޮތް އިރު ގޭސް ހުސްވުމުން، އެކަމާ ރައްޔިތުން ކަންބޮޑުވެ ދަނީ މާޔޫސްކަމާ އެކު ނުރުހުން ފާޅުކުރަމުންނެވެ. ޗެނަލް 13އަށް މައުލޫމާތު ލިބުނު ގޮތުގައި މޯލްޑިވް ގޭސް އިން މި ވަގުތު ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ކުންފުނި ވިލާއިން ގޭސް ގަނެގެން ކަމަށާއި، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ނެތެވެ.
އަދި ފެބްރުއަރީ މަހުގެ 15 ގައި އައު ޝިޕްމެންޓެއް ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެކަން ވެސް ކަށަވަރު ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މިއީ ކުޑަކަމެއް ނޫން. މިއީ @MMuizzu ތިޔަވިދާޅުވާ ތަރައްގީ. މިތަރައްގީއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ދިނުމަށް ރަައްޔިތުން ކައިރީ ޕީއެންސީން ވަކާލާތު ކުރުމަކީ ލަދުވެތި ކަމެއް.
— Mohamed Jameel Ahmed (@MJameelAhmed) February 7, 2026
އަސާސީ ކަންތައް މިގޮތަށް މެނޭޖް ނުކުރެވުނު މިއީ ފުރަތަމަ ވެރިކަން. މިއީ ނާގާބިލުކަން. https://t.co/gKL9HrWTXi
ކުރިއަށް ރަމަޟާން މަސް އޮތް އިރު ގޭސް ހުސްވުމުން، އެކަމާ ރައްޔިތުން ކަންބޮޑުވެ ދަނީ މާޔޫސްކަމާ އެކު ނުރުހުން ފާޅުކުރަމުންނެވެ. ޗެނަލް 13އަށް މައުލޫމާތު ލިބުނު ގޮތުގައި މޯލްޑިވް ގޭސް އިން މި ވަގުތު ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ކުންފުނި ވިލާއިން ގޭސް ގަނެގެން ކަމަށާއި، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ނެތެވެ.
ފެބްރުއަރީ މަހުގެ 15 ގައި އައު ޝިޕްމެންޓެއް ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެކަން ވެސް ކަށަވަރު ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.