March 16, 2026
Advertisement
ވިޔަފާރިވެރިޔާ ފިރާގު
ވިޔަފާރިވެރިޔާ ފިރާގު / ކޯޕަރޭޓް މޯލްޑިވްސް

މިހާ ޑެސްޕަރޭޓުކޮށް ކަން ކުރާ ވެރިކަމެއް ނުދެކެން: ފިރާގު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 20, 2025, 12:00 AM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަންހާ ގޮތް ހުސްވެގެން އުޅޭ ވެރިކަމެއް ނުދެކޭ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި، އިނަރ މޯލްޑިވްސްގެ ސީއީއޯ ފިރާގު މިފަދައިން ވިދާޅުވީ، ފޮރިން މިނިސްޓަރ ޑރ. ޢަބްދުالله ޚަލީލު ޓެގުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފިރާގު ވިދާޅުވެފައިވަނީ، އެއް ސަރުކާރުން އަނެއް ސަރުކާރެއްގެ ކޮންސިއުލާއެއް އޭނާގެ މަގާމުން ވަކިކުރުމަށް އެދުމަކީ ވަރަށް ޝައުގުވެރިކަމެއް ކަމަށެވެ.

ފިރާގް ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި ތަފާތު ތިން ވެރިކަމެއް ދެކެފައިވާ ކަމަށާއި، ބާރުވެރިކަންމަތީ ތިބުމަށް މިހާ ޑެސްޕެރޭޓް ސަރުކާރެއް އަދި ދެކެފައި ނުވާކަމަށެވެ.

އެންމެ ފަހުން ނިމިގެންދިޔަ ވެރިކަމަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ވެރިކަމެއް ކަމުގައި ނުވީނަމަވެސް، ރައްޔިތުންގެ ތާއީދާއި މަސައްކަތާއެކު ވެރިކަމަށް ގެނެސްފައި މިހާރުގެ ސަރުކާރު އަމަލުކުރަމުންދާ ފަދަ ޑެސްޕެރޭޓުކަމާއެކު އެއްވެސް ކަމެއް ކުރީ ސަރުކާރުން ނުކުރާ ކަމަށް ފިރާގް ވިދާޅުވިއެވެ.

ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ދައްކުވައިދެނީ އަމާންކަން ނެތްކަން އެކަނި ނޫންކަމަށާއި، މިއިން ދައްކުވައިދެނީ ތަފާތު ހިޔާލުތަކާއި މިނިވަން އަޑުތަކާ މެދު އިތުރުވަމުންދާ ހިތްހަމަނުޖެހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް އިމޭޖް ދަށްވެ، ޑިމޮކްރަސީއާއި އިންސާފުގެ އަގުތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.

ލީޑަރޝިޕަކީ ޒިންމާދާރުކަމާއި، އެއްބައިވަންތަކަމާއި، އިހްތިރާމާއެކު ގައުމު ތަމްސީލުކުރުން. އެއީ އަމިއްލަ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފަރުދުންގެ އަޑުކަނޑުވާލައި އެއްފަރާތްކޮށްލުމެއް ނޫން ކަމަށްވެސް ފިރާގް ވިދާޅުވިއެވެ.



ފިރާގް ވިދާޅުވީ ހަގީގީ މިސާލެއްގައި ވެރިކަން ޓެސްޓު ކުރެވެނީ ހުރިހާ ކަމެއް ރަނގަޅަށް ހިނގަމުންދާއިރަކު ނޫން ކަމަށެވެ. އަދި ވެރިކަން ޓެސްޓު ކުރެވެނީ ބާރު ބޭނުންކުރެވެނީ ޒިންމާދާރުކަމާއި ތެދުވެރިކަމާއެކުގައިކަން ފެންނަ ހިނދުގައި ކަމަށް ފިރާގް ވަނީ ވިދާޅުވެފައެވެ.

ފިރާގު މިފަދައިން ވިދާޅުވެފައިޥާއިރު، ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާ ގޮތުގައި މިއީ އަމިއްލަ އެދުމައިގެން ޕާޓީއަށް ވެރިކަންކޮށްދޭ ބަޔަކު ތިބި ސަރުކާރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved